މަސްވެރިކަމާއި ގުޅޭ

އޮއިވާލި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އޮއިވާލި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ކަނޑައިގެން ގޮސްފައިވާ 5 ކަނދުފައްޗެއް ވާނީ އަލުން ގާއިމު ކޮށްފަ: މިނިސްޓްރީ

ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިޔުގައިން އެކިސަބަބުތަކާހުރެ ކަނޑައިގެން ގޮސްފައިވާ ފަސް ކަނދުފައްޗެއް އަލުން ގާއިމު ކުރެވިއްޖެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

އޮއިވާލި ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މިއީ ކަނދުފަތި ގާއިމު ކުރުމަށް މި އަހަރު މިނިސްޓްރީން ކުރި ހަ ވަނަ ދަތުރެވެ. މިދަތުރުގައި މ. ތ. ގއ. ގދ އަދި ޏ އަތޮޅުން ކަނޑައިގެންގޮސްފައިވާ ފަސް ކަނދުފަތި ވަނީ ޤާއިމްކޮށްފައެވެ. އޭގެ ތެރޭގައި:-

  • 1 ކަނދުފަތީގެ މަޢުލޫމާތު: ޤާއިމްކުރި ސަރަޙައްދު : ދިއްތުނޑީގެ އިރުދެކުނުން 16 މޭލު ބޭރުގައި ކަނދުފަތީގެ ނަންބަރު : K10D01 ޤާއިމްކުރި ތާރީޚު: 21 ސެޕްޓެމްބަރ 2022 ޕޮޒިޝަން : 02 ދަރަޖަ 33 މިނިޓް 39 ސިކުންތު، އުތުރު އަރުޟު ((02˚33'39"N 73 ދަރަޖަ 34 މިނިޓް 58 ސިކުންތު، އިރު ތޫލު (E"58'34˚73)

 

  • 2 ކަނދުފަތީގެ މަޢުލޫމާތު: ޤާއިމްކުރި ސަރަޙައްދު : ތ. ހިރިލަންދޫގެ ހުޅަނގު ދެކުނުން 15 މޭލު ބޭރުގައި

ކަނދުފަތީގެ ނަންބަރު : L08D01 ޤާއިމްކުރި ތާރީޚު: 22 ސެޕްޓެމްބަރ 2022 ޕޮޒިޝަން : 02 ދަރަޖަ 12 މިނިޓް 22 ސިކުންތު، އުތުރު އަރުޟު (02˚12'22"N) 72 ދަރަޖަ 42 މިނިޓް 72 ސިކުންތު، އިރު ތޫލު (E"11'42˚72)

 

  • 3 ކަނދުފަތީގެ މަޢުލޫމާތު: ޤާއިމްކުރި ސަރަޙައްދު : ގއ. މާމުޓާގެ އިރުން 12 މޭލު ބޭރުގައި ކަނދުފަތީގެ ނަންބަރު : O10D01 ޤާއިމްކުރި ތާރީޚު: 24 ސެޕްޓެމްބަރ 2022 ޕޮޒިޝަން : 00 ދަރަޖަ 50 މިނިޓް 30 ސިކުންތު، އުތުރު އަރުޟު (00˚50'30"N) 73 ދަރަޖަ 36 މިނިޓް 36 ސިކުންތު،އިރު ތޫލު (73˚36'36"E)

 

  • 4 ކަނދުފަތީގެ މަޢުލޫމާތު: ޤާއިމްކުރި ސަރަޙައްދު : ގދ. ފިޔޯރީގެ ދެކުނުން 12.5 މޭލު ބޭރުގައި ކަނދުފަތީގެ ނަންބަރު : Q09D01 ޤާއިމްކުރި ތާރީޚު: 25 ސެޕްޓެމްބަރ 2022 ޕޮޒިޝަން : 06 ދަރަޖަ 00 މިނިޓް 15 ސިކުންތު، އުތުރު އަރުޟު ((00˚00'41"N 72 ދަރަޖަ 41 މިނިޓް 39 ސިކުންތު، އިރު ތޫލު E)"21'06˚73)

 

  • 5 ކަނދުފަތީގެ މަޢުލޫމާތު: ޤާއިމްކުރި ސަރަޙައްދު : ޏ. ފުވައްމުލަކުގެ އިރުން 10 މޭލު ބޭރުގައި ކަނދުފަތީގެ ނަންބަރު : Q10D01 ޤާއިމްކުރި ތާރީޚު: 26 ސެޕްޓެމްބަރ 2022 ޕޮޒިޝަން : 00 ދަރަޖަ 16 މިނިޓް 50 ސިކުންތު، ދެކުނު އަރުޟު ((00˚16'50"S 72 ދަރަޖަ 32 މިނިޓް 06 ސިކުންތު، އިރު ތޫލު (73˚36'30"E)

އެ ފަސް ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަމަށް ޚާޞަކޮށްގެން ޤާއިމްކޮށްފައިވާ އޮއިވާލިކަނދުފަތި ތަކެއް ކަމަށާއި، ކަނދުފަތީގެ ވިޔުގައަކީ ދަޢުލަތުން ވަރަށްބޮޑު ހޭދައެއް ކޮށްގެން ދޮށީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ މަސްވެރިންގެ ލާބަޔާއި މަންފާއަށް ޤާއިމްކޮށްފައިވާ ކަނދުފަތި ތަކެއް ކަމުގައި ވާތީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ޤަވާއިދުގެ 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާގައި ވާފަދައިން އޮއިވާލި ކަނދުފަތި ތަކަށް ގެއްލުން ވާފަދަ ޢަމަލެއް ނުހިންގުމަށާއި، އޮއިވާލި ކަނދުފަތީގެ ވިޔުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ ތިން މޭލު ސަރަޙައްދުގައި އާންމުކޮށް ދިވެހިންކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަމެއް ނުކުރުމަށް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ނަޑެއްލާ ދިމާލުން ދެކުނު ބޭރުގަ އޮންނަ ކަދު ފޮތި ކޮބާ؟

Comments are closed.