މަސްވެރިކަމާއި ގުޅޭ

އަސްދާނު ދޯނިން މަސްބޭނުމުގައި ހަރަކކާތްތެރި ވަނީ
އަސްދާނު ދޯނިން މަސްބޭނުމުގައި ހަރަކކާތްތެރި ވަނީ

މަސްވެރިން ބާނާ މަހަށް ހެޔޮ އަގު ހޯދައިދިނުމަކީ މިސަރުކާރުގެ އަމާޒު: ސަރުކާރު

މަސްވެރިކަމުން ލިބޭ މަންފާ އިތުރުކޮށް މަސްވެރިން ބާނާ މަހަށް ހެޔޮ އަގު ހޯދައިދިނުމަކީ މިސަރުކާރުގެ އަމާޒު ކަމަށް ސަރުކާރުން ބުނެފިއެވެ.

މި ސަރުރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކޮށް، ސަރުކާރުން ކާމިޔާބު ކަމާއެކު ނިންމާލާފައިވާ މަޝްރޫއުތައް ހިއްސާކުރަމުން ސަރުކާރުން ބުނީ، އަލަށް ފަސް އައިސްޕްލާންޓެއް ނިމިފައިވާ ކަމަށެވެ. އެއީ ރ. މަޑުއްވަރި، ކ. ގާފަރު އަދި ހއ. ހޯރަފުށީގެ އިތުރުން ޅ. ވެލިވަރާއި ފ. ފީއަލީ އައިސްޕްލާންޓް ކަމަށެވެ.

އަންނަ އަހަރުގެ ނިޔަލަށް 12 އައިސްޕްލާންޓެއްގެ އަލަށް ހުޅުވިގެންދާނެ ކަމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ، ދ. މީދޫ، މ. މުލައް، ގއ. ގެމަނަފުއްޓެވެ. މީގެއިތުރުން ލ. މާމެންދޫ، ލ. މާބައިދޫ، ގދ. މަޑަވެލި، ގދ. ރަތަފަންދޫ، ގދ. ފިޔޯރީ އަދި ގދ. ގައްދޫގައި ބަހައްޓާ އައިސް ޕްލާންޓެވެ.

ސަރުކާރުގެ އަމާޒު: އަންނަ އަހަރުގެ ނިޔަލަށް އިތުރު 12 އައިސްޕްލާންޓް ހުޅުވުން

ނަމަވެސް ހަމައަގު ކަނޑަނޭޅުމާއި ތެލުގެ އަގު ބޮޑުވުން އަދި އައިސް ލިބުން އިންތިހާއަށް ދަތިވާއިރު ސަރުކާރުން އަޅާނުލާކަމަށް ބުނެ މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ތިހެން ކިޔާލަ ކިޔާލަ ތިބެ ދައުރުނިމެންދެން.

  2. އަދެސްކޮއްފާބުނަންމަސްރެރިންނޭކިޔާގެންއަގަނާރުވާތިބޭ

Comments are closed.