މަސްވެރިކަމާއި ގުޅޭ

Meedhoo Iceplant

ސަރުކާރުގެ އަމާޒު: އަންނަ އަހަރުގެ ނިޔަލަށް އިތުރު 12 އައިސްޕްލާންޓް ހުޅުވުން

އަންނަ އަހަރުގެ ނިޔަލަށް 12 އައިސްޕްލާންޓެއްގެ އަލަށް ހުޅުވިގެންދާނެ ކަމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި އައިސްޕްލާންޓްތަކުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، މީގެތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ، ދ. މީދޫ، މ. މުލައް، ގއ. ގެމަނަފުއްޓެވެ. މީގެއިތުރުން ލ. މާމެންދޫ، ލ. މާބައިދޫ، ގދ. މަޑަވެލި، ގދ. ރަތަފަންދޫ، ގދ. ފިޔޯރީ އަދި ގދ. ގައްދޫގައި ބަހައްޓާ އައިސް ޕްލާންޓެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި 12 އައިސްޕްލާންޓްގެ ތެރެއިން މ. މުލައް އައިސްޕްލާންޓާއި، ގއ. ގެމަނަފުށި ގދ. ގައްދޫ އައިސްޕްލާންޓަކީ 50 ޓަނުގެ އައިސްޕްލާންޓްތަކެއް ކަމަށާއި، ދެން ބާކީހުރި ހުރި އައިސްޕްލާންޓްތަކަކީވެސް 25 ޓަނުގެ އައިސްޕްލާންޓްތަކެއްކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މީގެތެރޭގައި މިހާރު މަސައްކަތް ކުރިއަށްދާ އައިސްޕްލާންޓްތަކާއި ބަޖެޓް މަރުހަލާގައިވާ އައިސްޕްލާންޓްތަކާއި އަދި އިވެލުއޭޝަންގެ މަރުހަލާގައި ހުރި އައިސްޕްލާންޓްތައްވެސް ހިމެނޭކަމަށެވެ.

މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ބެހެއްޓުމަށް އައިސް އަކީ މުޙިއްމު އެއްޗެކެވެ. މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުުން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ޕްލާންޓުތައް ވަނީ ޤާއިމްކޮށްފައެވެ. އަދި ބައެއް އަމިއްލަ ފަރާތްތަކުންވެސް އައިސްޕްލާންޓުތައް ދަނީ ހިންގަމުންނެވެ.

މީގެއިތުރުން މަސްވެރިން އައިސް ޕްލާންޓުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ލޮނު ފެނުން މަސް ފިނިކުރާ ނިޒާމްތައް ދޯނިތަކުގައި ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ބައެއް މަސް ދޯނިތަކުގައި މި ނިޒާމު ވަނީ ޤާއިމްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިކަން ނުވެގެން މިއުލެނީ.މަސްވެރިންގެ ބޯކާނެ ގޮތެއް ހޯދަނީ.

Comments are closed.