މަސްވެރިކަމާއި ގުޅޭ

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަެުރު އަހުމަދު ޠާރިޤް -- ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަެުރު އަހުމަދު ޠާރިޤް -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ތިން މަސް ދޯންޏަކަށް، އިންޑިޔާ ސިފައިން ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފި: ޓޮމް

އޮޅިގެން އިންޑިޔާގެ ކަނޑުގެ ސަރަހައްދަށް ވަދެވުނު ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިޔާ ސިފައިން ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ، މިދިޔަ ހަފްތާގެ ތެރޭގައި ހިނގި އެ ހާދިސާގައި އިންޑިޔާ ސިފައިން ކަންތައްކުރީ ވަރަށް ރަހުމު ކުޑަކޮށް ކަމަށެވެ.

އުފަން ރަށް، މަހިބަދޫ ހިމެނޭހެން، ތިން ރަށެއްގެ މަސްދޯންޏަށް ކުރިމަތިވި މި ހާދިސާގެ ހަބަރު ލިބުމާއެކު، މަސްދޯންޏަށް ގުޅައި، ކަންތައް ވީ ގޮތުގެ މައުލޫމާތު ހޯދި ކަމަށް ޓޮމް ވިިދާޅުވިއެވެ.

"އެއް ދޯންޏަށް އެރީ ރޭގަނޑު، އެ މަސްވެރިން ނިދާފަ ތިއްބަ. އަރާ، ފޭރޭ މީހުން ގޮތަށް، އެމީހުންނަށް [މަސްވެރިންނަށް] ބިރުދައްކާ، އެމީހުން ޑެކު މައްޗަށް ނެރި ހަތިޔާރުން ބިރުދައްކާ، އެ ދޯނީގަ ހުރި ބައެއް އެއްޗެހިވެސް ހިފައިގެން އެމީހުން [އިންޑިޔާ ސިފައިން] ދިޔައީ" ޓޮމް ވިދާޅުވިއެވެ.

އެރޭ ދެވަނަ ދޯންޏަށްވެސް އިންޑިޔާ ސިފައިން އެރި ކަމަށާއި، ތިންވަނަ ދޯންޏަށް އެރީ އަނެއް ދުވަހު ހެނދުނު ކަމަށް ޓޮމް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ އިންޑިޔާ މަސްވެރިންނާ ދޭތެރޭ ރާއްޖޭ ސިފައިން ކަންތައް ކުރަނީ އެގޮތަށް ނޫންކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ދޯނިތަކާމެދު އަމަލު ކުރިގޮތުން ޓޮމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!