މަސްވެރިކަމާއި ގުޅޭ

Fishermen

ދޯނިތަކުގައި އިންޖީނު އެޅުމަށް ޕާކިސްތާން ސަރުކާރުން މަސްވެރިންނަށް ފައިސާގެ އެހީއެއް ދެނީ

ދޯނިތަކުގައި އިންޖީނު އެޅުމަށް، ޕާކިސްތާންގެ ގުވަދާރު ޕްރޮވިންސްގެ ކޮންމެ މަސްވެރިއަކަށް 250000 ރުޕީސް ނުވަތަ 1105 ޑޮލަރު ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން އެ ޕްރޮވިންސްގެ 3291 މަސްވެރިއަކަށް މި އެހީ ދިނުމަށް ހަމަޖެހިފައިވެއެވެ. ސަރުކާރުންވަނީ ޖުމްލަ 823 މިލިއަން ރުޕީސް މިކަމަށް ހަރަދުކުރުމަށް ނިންމާފައެވެ.

ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ބަލޮންޗިސްތާންގެ ފިޝަރީޒް ޑިޕާޓްމަންޓުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށެވެ.

މަސްވެރިންނަށް އިންޖީނު އެޅުމަށް ފައިސާ ބަހަން ނިންމާފައިމިވަނީ އެޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، ކުރިއަށްއޮތް ތިން މަސްދުވަސްތެރޭ މަސްވެރިންނަށް 2000 އިންޖީނު ބަހާނެ ކަމަށް ވައުދުވެފައިވަނިކޮށެވެ،

އަދި މިކަމުގެ މަސައްކަތްތައް ކުރިއަށްދާނީ ދެފުއް ފެންނަ ގޮތަކަށް ކަމަށާއި، މަސްވެރިންގެ އެއްވެސް ޝަކުވާއެއްވާ ނަމަ އެކަމެއް ބަލާނެ ކަމަށްވެސް ސަރުކާރުން ހާމަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!