މަސްވެރިކަމާއި ގުޅޭ

3-693x680

ލަންކާއަށް ލެއްގި ބޮޑު މަހަކާއެކު ފޮޓޯ ނެގުމަށް ބައެއް މީހުން އުޅުނު ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން

މަރުވެގެން ސްރީލަންކާގެ ކަލްޕިޓިޔާއަށް ލެއްގި ބޮޑު މަހަކާއެކު ފޮޓޯ ނެގުމަށް އާއްމުންގެ މީހުން އުޅުނު ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަރުވެގެން ލެއްގި ބޮޑު މަހުގެ ގައި މައްޗަށް ކުޑަކުދިން އަރައިގެން އުޅެއެވެ. އަދި ބައެއް މީހުން ފޮޓޯ ނެގުމަށް ބޮޑުމަހުގެ ގައިމަތީ އިށީނދެ ތިއްބެވެ. އަދި ބައެއް ކުދިން ބޮޑު މަހަށް އެކި ކަހަލަ އަނިޔާތައް ދޭ މަންޒަރުވެސް ފޮޓޯތަކުން ފެނެއެވެ.

ސޯޝަލް މީޑިއާގައި މީހުންވަނީ ބެލެނިވެރިން މިފަދަ އަމަލުތައް ހުއްޓުވަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި މަރުވެފައިވާ ބޮޑު މަހާއި އެކު އެގޮތަށް ފޮޓޯ ނަގާ ހެދުމަކީވެސް ޖަނަވާރުންނާއި މެދު އިހާނެތިވުން ކަމަށް ބުނެ މީހުން ވަނީ ޝުޢޫރު ފާޅުކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ގާތްގަނޑަކަށް 14 ބޮޑުމަސް ކަލްޕިޓިޔާއަށް ލައްގާފައިވެއެވެ. މީގެތެރެއިން 2 ބޮޑުމަސްވަނީ މަރުވެފައެވެ.

ބޮޑުމަސްތައް ސަލާމަތްކުރުމަށް ނޭވީ އަދި މެރިން އެކްސްޕާޓުންވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ކަނޑަށް އަނބުރާ ގެންގޮސް ދޫކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!