މަސްވެރިކަމާއި ގުޅޭ

މާރެހި - ފޮޓޯ: ފިޝެސް އިން ދަ މޯލްޑިވްސް ބްލޮގަރ

މާރެހި

މިއީ ރާއްޖޭގެ ފަޅުތަކުގައި ވަރަށް މަދުން އުޅޭކަމަށް ރެކޯރޑްކުރެވިފައިވާ މަހެކެވެ.

މިހާތަނަށް ރާއްޖެއިން ރެކޯރޑް ކުރެވިފައިވަނީ މިބާވަތުގެ ދެމަހެވެ. އޭގެތެރެއިން އެއްމަހަކީ މެރިން ރިސާރޗް ސެކްޝަނުން ވިލުގައި ދާއަޅައިގެން ކުރެވުނު ތަޖުރިބާ މަސްވެރިކަމުގައި ހިފާފައިވާ މަހެކެވެ. އަނެއްމަހަކީ ކަނޑުގެ މައްޗަށް އަލިކޮށްގެން އެންހިފުމުގެ ތެރޭގައި ގދ. ގެ މަސްވެރިންނަށް ހިފިފައިވާ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 23 ސެންޓްމީޓަރަށް ކަމުގައިވިއަސް ޢާންމުކޮށް ފެންނަނީ 15 ސެންޓްމީޓަރަށްވުރެ ކުދިމަހެވެ. މިބާވަތުގެ މަސް ޢާންމުކޮށް އުޅެނީ ކުދި އައިންހަދައިގެން ފަޅުމަތީގައެވެ.

މަހުގެ ކަންފަތްގަޑުގައި 8 މަޑުކަށިހުރެއެވެ. މިއީ ހިމަދިގުކޮށް ރެހީގެ ސިފައަށް ހުންނަ އެޢާއިލާގެ މަހެއްކަމުން މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއްވެސް ރާއްޖޭގައި ރެކޯރޑްކުރެވިފައި ނެތުމާއެކު މިމަހަށް "މާރެހި" ކިޔާފައިވަނީއެވެ. މަހުގެ ބުރަކަށިމަތީ ކުލައަކީ ނޫފެހިކުލައެވެ. މަހުގެ އަރިމަތި ހުންނަނީ ރިހިކުލައެއްގައެވެ. ބުރަކަށިމަތީ ކޮތަރިބައި ހުންނަނީ ފުސްކުލައެއްގައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Smoothbelly sardinella
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. މިއީ ކުންބަޅަ ކިޔާ މަހެއް. އެންމެ ވައްތަރުވާނީ ވެސް ތާވަޅު ކިޔާ މަހަކާ. މި މަހަށް މާރެހި ކިޔައިފައިވަނީ ކޮން އުސޫލަކުންބާ؟

    1. މީ ތިކިޔާ ކުންނަޅައެއް ނޫން.. އަދި މިހާތަނައް ރާއްޖެއިން ފެނުނުކަމައް ބުނާ 2 ފަހަރު ތެރެއިން އެއް ފަހަރު ހިފުނީ މަސްވެރިންނައް.. ފެންނަ ފެނުމައް ކުންބަޅައަކާއި ވައްތަރުވިޔަސް މިއީ ދުނިޔޭގެ އެހެންގައުމުތަކުގަ ގިނަ އަދަދަކައް އުޅޭ މަހެއް...

Comments are closed.