މަސްވެރިކަމާއި ގުޅޭ

dsdsa

އިހުގައި މަސްވެރިކަން ކުރަމުން އައި ގޮތާއި ގުޅޭ ޝައުގުވެރި ވާހަކަތަކެއް ފިނޭގެ ކުރީގެ މަސްވެރިއެއްގެ ދުލުން

އިހުގައި މަސްވެރިކަން ކުރަމުން އައި ގޮތާއި ގުޅޭ ޝައުގުވެރި ވާހަކަތަކެއް، ހދ. ފިނޭގެ ކުރީގެ މަސްވެރިއެއް ކަމަށްވާ އަބްދުﷲ އަލީ ވަނީ ޒުވާން މަސްވެރިއާ އާއި ހިއްސާކޮށްފައެވެ.

މިހާރު އުމުރުން އުމުރުން 90 އަހަރު ވެފައިވާއިރު އެޒަމާނުގައި މަހަށްގޮސް އުޅެން ޖެހޭގޮތާއި މަސްވެރިކަމުން އާމްދަނީއެއް އޭރު ލިބޭގޮތްވެސް އޭނާވަނީ ކިޔާދީފައެވެ. އެގޮތުން މަހަށްދާ އޮޑިފަހަރުތަކުގައި ކުރަން ޖެހޭ މަސައްކަތްތައް އޭނާވަނީ ކިޔާދީފައެވެ.

އެން ހިފަން އޭރުގޮސް ކުރަން ޖެހެނީވެސް ބުރަ މަސައްކަތެކެވެ. އެގޮތުން މޫދު އަޑިއަށް ދާ ފައްތާފައި އެއަށް އެންތައް އެރުމުން އޭތި ދޯންޏަށް ނަގައެވެ. ވައި ގަދަ ދުވަސްތަކުގައި ކުރަން ޖެހެނީ ބުރަ މަސައްކަތެކެވެ. އެގޮތުން ފަހި ޖަހާފައި ދޯނި ކޮންޓްރޯލްކުރަން ޖެހެއެވެ.

މަސް ބާނަން އާއްމުކޮށްދަނީ ނޮޅިވަރަންފަރު، ކުމުންދޫ، ހަނިމާދޫ އަދި ބާރަށް ބޭރަށް ކަމަށް އޭނާ ބުންޏެވެ. އެ ސަރަހައްދުތަކަށްގޮސް އެންތައް އުކަން ފެށުމުން މަސްތައް ދޯންޏާއި ދިމާއަށް އަންނަ ކަމަށާއި، އައުމުން ދޮށިތައް އުކާ ކަމަށާއި ބަޑި ޖަހާފައި މަސްތައް ބާނާކަމަށްވެސް އަބްދުﷲ ބުންޏެވެ.

ރަށަށް އައުމަށް ފަހު މަސްތައް ބަހައިގެން ލިބުނު އެތިކޮޅު ގެއަށް ގެނެއެވެ. އަނބިމީހާ މަސްކަންކަން ފަށާއިރު، އެއީވެސް ބުރަ މަސައްކަތެކެވެ. މަސްތައް ދުންއަރުވައިގެން ދިލަ ޖައްސާފައި ހިކުމުން އަވީލައެވެ. އަދި އެގޮތަށް 4 ދުވަސްވަންދެން އަވީލައެވެ.

މަސްތައް ހިކި ހަރުވުމުން ގޯންޏަށް އަޅާފައި މާލެއަށް ފޮނުވައެވެ. މަސް ވިއްކާފައި ލިބޭ ލާރިކޮޅުން ކައިބޮއެ އުޅޭކަމަށް އޭނާ ބުންޏެވެ. މިހާރު މި ޒަމާނުގައި މަސްވެރިކަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އޭނާ ފާހަގަކުރިއެވެ.

އަދި މަސްވެސް މިހާރު ދަޅުގައި ބަންދުކޮށްފައި ހުންނައިރު، ތަފާތު އެކި ކެއުންތައް ލިބޭކަމަށްވެސް އޭނާވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!