މަސްވެރިކަމާއި ގުޅޭ

ddsdsqqq

މިޔަރު ބިހެއްގެ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަމެއް

މިޔަރުގެ ވީޑިއޯތަކަކީ އާއްމު އެއްޗެކެވެ. ފީނާ މީހުން ނަގާފައި ހުންނަ މިފަދަ ވީޑިއޯތަކަކީ ޝައުގުވެރި އެއްޗެކެވެ.

އެހެންނަމަވެސް މިޔަރެއްގެ ބިހެއް ފެނުމަކީ އާއްމު ކަމެއް ނޫނެވެ. މިޔަރު ބިހަކީ ސައިޒުގެ ގޮތުން ބޮޑު އެއްޗެކެވެ. އާއްމުގޮތެއްގައި އޭގެ ސައިޒު ހުންނަނީ 5 ސެންޓިމީޓަރާއި 25 ސެންޓިމީޓަރާއި ދެމެދުގައެވެ.

ބިސްތައް ރައްކާތެރިކަމާއި އެކު މުދޫ އަޑީގައި ބެހެއްޓުމަށް މިޔަރުތައް މަސައްކަތްކުރެއެވެ.

ދާދިފަހުން މިޔަރު ބިހެއްގެ ވީޑިއޯއެއްވަނީ އިންޓަރނެޓުގައި އާއްމުވެފައެވެ. މި ބިސް ފެނުނީ ބޮލި ހޮވަންދިޔަ މީހަކަށެވެ. ރެބެކާ ނަމަކަށްކިޔާ އެމީހާއަށް ކެލިފޯނިއާގެ ބީޗަކުން ފެނުނުނީ ބަލާލަން ވަރަށް ރީތި މިޔަރު ބިހެކެވެ.

އޭނާވަނީ އޭގެ ވީޑިއޯ އިންޓަރގްރާމްގައި ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވާގޮތުގައި ބިސް އޮތީ ސްޕޮންޖީކޮށް ވަރަށް މަޑުކޮށް ކަމަށެވެ. ވަރަށް ރަނގަޅަށް ބަލާލުމުން އޭގެ ތެރެއިން އެމްބްރިއޯއެއް ފެނެއެވެ.

ބައެއް މިޔަރުތަކަކީ ވިހާ އެއްޗެހި ނަމަވެސް ބައެއް މިޔަރަކީ ބިސްއަޅާއެއްޗެހިއެވެ. މި ބިހަކީ ކެލިފޯނިއާ ހޯން ޝާކް އަޅާ ބިހެވެ.

ރެބެކާގެ ވީޑިއޯ މިހާތަނަށް 8 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. ބައެއް މީހުންވަނީ އެމީހުންނަށް މިއާ ގުޅޭގޮތުން ލިބިފައިވާ މައުލުމާތުތައްވެސް ހިއްސާކޮށްފައެވެ. އަދި މި ބިސް އަނބުރާ މޫދަށް ދޫކޮށްލުމަށްވެސް ގިނަ ބަޔަކު ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ރަގަޅު ތި މޫދައް ދޫކޮއްލީޔާ

Comments are closed.