މަސްވެރިކަމާއި ގުޅޭ

އަރބަންކޯއިން ތިނަދޫގައި ހަދާ ޑީކޯ ޗެމްބަރ: ފޮޓޯ/އަރބަންކޯ
އަރބަންކޯއިން ތިނަދޫގައި ހަދާ ޑީކޯ ޗެމްބަރ: ފޮޓޯ/އަރބަންކޯ

އަރބަންކޯއިން ތިނަދޫގައި ހަދާ ޑީކޯ ޗެމްބަރ ނިމެނީ

އަރބަންކޯއިން ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ދގ. ތިނަދޫގައި ގާއިމްކުރަމުންދާ ޑީކޯ ޗެމްބަރގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ތިނަދޫގައި ގާއިމްކުރާ މި ޑީކޯ ޗެމްބަރ އަކީ އަރބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިދިޔަ މާޗު މަހު ފެށި މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް އަރބަންކޯއިން ބުންޏެވެ.

އަރބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނީގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، މިއީ ވެސް އެފަދަ މަސައްކަތެކެވެ.

އެގޮތުން އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން އާންމުންނަށް ބޭނުންވެފައިވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރ އަކީ ރާއްޖޭގައި ގާއިމްކުރެވޭ ދެވަނަ ޑީކޯ ޗެމްބަރއެވެ.

ހުވަދޫ އަތޮޅުގައި މި ޗެމްބަރ ގާއިމްކުރެވިގެންދާއިރު، ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅެވެ. މަސްވެރިކަމުގައި އުޅޭ އިރު، މީހުން ޑީކޯވުމުގެ ފުރުސަތު ބޮޑު އިރު، މީގެ ކުރިން ވެސް މިފަދަ ހާދިސާތައް އެ ސަރަހައްދުގައި ވަނީ ހިނގާފައެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯވެއެވެ. އަރބަންކޯގެ ފަރާތުން ގާއިމްކޮށްދޭ ޑީކޯ ޗެމްބަރ ވެގެންދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!