މަސްވެރިކަމާއި ގުޅޭ

ނައިފަރުގެ އަންހެނުން  މަސް ބޭނުމަށް ނުކުމެ އުޅުނު ދަތުރުގެ ތެރެއިން / ފޮޓޯ: ޓްވިޓާ
ނައިފަރުގެ އަންހެނުން މަސް ބޭނުމަށް ނުކުމެ އުޅުނު ދަތުރުގެ ތެރެއިން / ފޮޓޯ: ޓްވިޓާ

މަސްރޭސް ހިމެނޭގޮަށް ނިލަންދޫގައިވެސް ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ

މަސްރޭސް ހިމެނޭހެން، ގއ. ނިލަންދޫގައިވެސް ކުލަގަދަކޮށް އަޟްހާއީދު ފާހަގަ ކުރަން ނިންމައިފިއެވެ.

ނިލަންދޫ ކައުންސިލުން ބުނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން މި އަހަރުގެ އަޟްހާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން  އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި މަދަހަ ހުށަހެޅުމާއި ވާ ދެމުމާއި އީދު ބާބަކިއު އަދި ކަރޯކޭގެ އިތުރުން މަސްރޭސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ނިލަންދޫގައި އީދު ފާހަގަ ކުރުމަށް ކޯޑި ޖެހުމާއި، ސްޓޭޖް ޝޯ އާއި އީދު ސައި އަދި ބަށި މުބާރާތެއްވެސް ބާއްވާނެއެވެ.

އެހެންކަމުން އެ ޕްރޮގްރާމްތަކުގައި ރަށުގެ ކުދިބޮޑު އެންމެނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާނަމަށް ނިލަންދޫ ކައުންސިލުން ބުންޏެވެ.

ޓީމްތަކުގެ ގޮތުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކުގައި، ޓީމްތައް ބައިވެރިކުރުވުމަށް ބޭނުންވާ ފަރާތްތަކުން، 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ޓީމް ލިސްޓް އެއިދާރާއަށް ހުށަހެޅުމަށް ނިލަންދޫ ކައުންސިލުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.