މަސްވެރިކަމުގެ ސިނާއަތް ފުނޑުކޮށްލާ، މަސްވެރިންނަށް މިހާރުތިބީ ފެނަކައިން ވަޒީފާ ދީފައި ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޞާލިހުގެ ކެމްޕޭނަށް ވޯޓު ގިނަކުރުމަށްޓަކައި، ކުރަން މަސައްކަތެއް ނެތީސް ވަޒީފާ އުފައްދަމުންދާ ކަމަށެވެ.
ނަމަވެސް އަލަށް އުފެއްދި 'ދަ ޑިމޮކްރެޓްސް'ގެ ސިޔާސަތަކީ ގޭބިސީގެ އާމްދަނީ އިތުރު ކޮށްދިނުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
"ނިކަން ބައްލަވާ މަސްވެރިކަމުގެ ސިނާއަތަށް ހައްދަވާފަ އޮތް ގޮތް، ރައީސުލްޖުމްހޫރިއްޔާ. މުޅި މަސްވެރިކަމުގެ ސިނާއަތު އެއޮތީ ފުނޑުފުނޑު ކޮށްލާފަ. ބޮޑެތި އޮޑިފަހަރު އެހެރީ އެހެލާފަ. ކޮބާތޯ އެ މަސްވެރިން. މަސްވެރިން އެތިބީ ފެނަކައިގެން ވަޒީފާއަށް ވައްދާފަ" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ އެގޮތަށް ސަރުކާރު ވަޒީފާ ދެނީ ކެމްޕޭނަށް ވޯޓު އިތުރުކުރަން ކަމަށެވެ.
މަސްވެރިންނަށް އެ ސިނާއަތު ފުނޑުކޮށްލުމުން 20،000 ނުވަތަ 25،000 މަހަކު ލިބެމުން ދިޔަ މަސްވެރިންނަށް ހަދާނެގޮތެއް ސަރުކާރަށް ނެތުނީމާ ފެނަކައިގެ މުވައްޒަފުން ގޮތަށް ވަޒީފާ ދެނީ ކަމަށާއި ނަމަވެސް މަހަކު ލިބޭނީ 12000 ރުފިޔާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
އޭގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ކޮންމެ އޮޑިއަކަށް އަށް ބިދޭސީން ނެގުމުގެ ފުރުސަތު ސަރުކާރުން ދިނުމުނ،ް މަސްވެރިކަން ކުރުމަށް އިހަވަންދޫތަންތަކުން މަލިކު ފަދަ ގައުމުތަކުން މީހުން ގެންނަމުން ދާ ކަމަށާއި، އެއީ ލަދުވެތި ކަމެއް ކަމަށެވެ.
3 Responses
މަލިކު މީހުން ރާއްޖޭގެ މަސްވެރި ކަމުގައި ރާއްޖޭގެ މަސްދޯނި ފަހަރުގައި މަސައްކަތް ކުރުމަކީ ހަމަ އެންމެ ރަގަޅު ކަމެއް.
ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި މަހުގެ އުފެއްދުން ތަށް ތައްޔާރު ކުރާ ކާރުޚާނާތަކުގައި ބިދޭސީ މަސަށްކަތްތެރިން ދިވެހިންނަށް ވުރެ ގިނަވާނެ.. މީއައު ކަމެއްނޫން.
ކޮންމެ މީހަކު ބުނިވާހަކަޔެއްނަމަވެސް ވަރަށް ބޮޑު ހަގީގަތެއް.ފަހުގެ ތާރިހްގެ ގިނަ ދޯނި ފަހަރު ހުއްޓެއްދިމާވި އެއްސަބަބު.
ވަރަށް ޜަނޣަޅު ޥާހަކައެއް.ޔަގީނުންވެސް ކޮލަމާފުށިގެ އެންމެ ޒުވާން މުސަތަގުބަލް އޮތް ޜަނގަޅު ކުދިންނަށް ވަޒީފާ ފެނަކަ ރޯޑް ކޯޕަރޭޝަނަށް ބަދަލު ކޮށްފި.
Comments are closed.