މަސްވެރިކަމާއި ގުޅޭ

Screenshot 2023-10-18 063755

ބިރުވެރި ސިފައެއް ޖަހާ މަހެއް ކެލިފޯނިއާގެ ބީޗަކަށް ލައްގައިފި

ބިރުވެރި ސިފައެއް ޖަހާ މަހެއް ކެލިފޯނިއާގެ ކްރިސްޓަލް ކޯވް ސްޓޭޓް ޕާކްގެ ބީޗަށް ލައްގައިފިއެވެ.

މަދުން ނޫނީ ނުފެންނަ މި މަހަކީ ކަނޑުގެ ވަރަށް އަޑީގައި ދިރިއުޅޭ މަހެކެވެ. ފުޓްބޯޅައެއްގެ ބައްޓަމަށް އޮތް މި މަހުގެ ދަތްތަށް ހުންނަނީ ޓްރާންސްޕޭރެންޓްކޮށެވެ. އަދި ދަށްތަށް ވަރަށް ތޫނެވެ.

'ޕެސިފިކް ފުޓްބޯލް ފިޝް'އެއް ކަމަށް ބެލެވޭ މިމަހަކީ ކަނޑުގެ ގާތްގަނޑަކަށް 3000 ފޫޓު އަޑީގައި އުޅޭ މަހެކެވެ. މަހުގެ ބޯމަތީގައި އެލިފައި އޮންނީ އަލިކަން ގެނެސްދޭ އެއްޗެކެވެ. މި ލައިޓް ބޭނުންކޮށްގެން ކާނެ އެއްޗެއްހި ހޯދައެވެ. އާއްމުގޮތެއްގައި މިމަހުގެ ގައިގެ ސައިޒާއި އެއްވަރެއްގެ މަސްވެސް ކާލައެވެ.

2021ވަނަ އަހަރުވެސް ހަމަ މި ސަރަހައްދަށްވަނީ މި ބާވަތުގެ މަހެއްް ލައްގާފައެވެ. މިމަސް މިހާރު އާއްމުންނަށް ދައްކާލުމަށްޓަކައި ބާއްވާފައި އޮތީ ނެޗުރަލް ހިސްޓޮރީ މިއުޒިއަމް އޮފް ލޮސް އެންޖަލިސްގައެވެ.

މިފަދަ މަހެއް މިހާ ރަނގަޅު ހާލަތެއްގައި އޮތްވާ ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!