މަސްވެރިކަމާއި ގުޅޭ

Screenshot 2023-09-28 095820

ކެރެލާގައި މާވަހަރުގެ ވިޔަފާރިކުރަަން އުޅެގެން އަތުލައިގަނެވިފައިވަނީ ގިނައިން ފޭކު މާވަހަރު

އިންޑިއާގެ ކެރެލާ ސްޓޭޓުގައި އަތުލައިގަނެވޭ މާވަހަރުތަކުގެތެރޭގައި ގިނައީ އަސްލު މާވަހަރު ނޫން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދުނިިޔޭގައި މާވަހަރު ބޮޑު އަގުގައި ވިއްކޭތީ ކެރެލާގައިވެސް އާއްމުންވަނީ މިކަމަށް އިތުރަށް ހޭލުންތެރިވެފައެވެ. އަދި މާވަހަރާއި ގުޅޭ މައުލޫމާތުތައް ހޯދާ އޭގެ ވަގު ވިޔަފާރިކުރުމަށް އެ އެއްޗެހި ކަނޑުން ހޯދުމަށް މަސައްކަތްކުރާ މީހުން މަދެއް ނޫނެވެ.

އެގޮތުން ކެރެލާ ސްޓޭޓުގައި މާވަހަރުގެ ވިޔަފާރިކޮށްގެން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންނަ ފަރާތްތައް ދަނީ އިތުރުވަމުންނެވެ. މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގު ހުރި އެއްޗެކެވެ. އެހެން ނަމަވެސް އިންޑިއާގައި މާވަހަރުގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. ސަބަބަކީ ސްޕާމް ވޭލް އަކީ އެޤައުމުގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށްވުމެވެ. މާވަހަރެއް ފެނިއްޖެ ނަމަ ކަމާއިގުޅޭ ފަރާތްތަކަށް އެކަން ރިޕޯޓުކޮށް، މާވަހަރު އެފަރާތްތަކާއި ހަވާލުކުރަން ޖެހެއެވެ.

2021ވަނަ އަހަރު ފުލުހުންވަނީ 5 ކޭސްއެއްގައި މާވަހަރު އަތުލައިގަނެފައެވެ. އޭގެތެެރެއިން 2 ކޭސްގައި އަތުލައިގަތް މާވަހަރަކީ ފޭކުކަންވަނީ ޓެސްޓުތަކުން ހާމަވެފައެވެ.

އަދި މިދިޔަ އަހަރު 11 ކޭސްއެއްގައި 77.17 ކިލޯގެ މާވަހަރު ފުލުހުން އަތުލައިގަތް ނަަމަވެސް އެއީ ހުސް ފޭކު އެއްޗެހިކަން ވަނީ ޓެސްޓުތަކުން އެނގިފައެވެ.އަސްލު މާވަހަރުތޯ ބެލުމަށް ފުރަތަމަ ފޮޓޯތައް ކަމާއިގުޅޭ މާހިރުންނަށް ފޮނުވައެވެ. އަދި އޭގެ ޑީއެންއޭ ޓެސްޓުކުރުމަށް ރާޖިވް ގާންދީ ސެންޓަރ ފޮރ ބައޯޓެކްނޮލޮޖީއަށް ފޮނުވައެވެ.

ޑަބްލިއު ޑަބްލިއުއެފް އިންޑިއާގެ ހިސާބުތައް ދައްކާގޮތުގައި އިންޑިއާގެ ކަމާއިގުޅޭ އިދާރާތަކުން މިދިޔަ އަހަރުތެރޭ ޖުމްލަ 100 ކިލޯގެ މާވަހަރުވަނީ އަތުލައިގަނެފައެވެ. މިއީ 26 މީހެއްގެ އަތުން އަތުލައިގަނެފައިވާ މާވަހަރެވެ.

އިންޑިއާގައި މާވަހަރުގެ ވިޔަފާރިކުރުން މަނާކޮށްފައިވީ ނަމަވެސް ކަޅު ބާޒާރުގައި އޭގެ ވިޔަފާރިކުރެއެވެ. އެގޮތުން އޮންލައިން ސައިޓުތައް މެދުވެރިކޮށްވެސް މާވަހަރުގެ ވިޔަފާރިކުރެއެވެ.އެގޮތުން މި ސައިޓުތަކުގައި ކިލޯއެއްގެ މާވަހަރު އުޅެނީ 1 ކްރޯޑު ރުޕީސްއަށެވެ.

މާވަހަރު އާއްމުގޮތެއްގައި ބޭނުންކޮށް އުޅެނީ ސެންޓު އުފެއްދުމަށެވެ. އަދި މިއީ މޫދުން ފެންނަ ރަނުގެ ގޮތުގައިވެސްް ގިނަ ބަޔަކު ދެކެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!