މަސްވެރިކަމާއި ގުޅޭ

image

ޖަޕާނުގައި 790,000 ޑޮލަރަށް ނޫ އުރަހަ ކަންނެއްޔެއް ވިއްކައިފި

ޖަޕާނުގައި 790,000 ޑޮލަރަށް ނުވަތަ 114.24 މިލިއަން ޔެންއަށް ނޫ އުރަހަ ކަންނެއްޔެއް ވިއްކައިފިއެވެ. މި ކަންނެލި ވިކިފައިވަނީ އާ އަހަރާއި ދިމާކޮށް ކޮންމެ އަހަރެއްގައިވެސް ޖަޕާނުގެ ޓޮޔޮސު މަސް މާރުކޭޓުގައި ބާއްވާ ނީލަމުގައެވެ.

މިއީ މި ނީލަމުގެ ރެކޯޑުތައް ބަލަހައްޓަން 1999ވަނަ އަހަރު ފެށި ފަހުން މިހާތަނަށް 4 ވަނައަށް އެންމެ ބޮޑު އަގެއްގައި ނޫ އުރަހަ ކަންނެއްޔެއް ވިއްކާފައިވާ ފަހަރެވެ.

އަދި މިއީ ކޮވިޑަށްފަހު 100 މިލިއަން ޔެން އަށްވުރެ ބޮޑު އަގެއްގައި ނޫ އުރަހަ ކަންނެއްޏެއް މި ނީލަމުގައި ވިކިފައިވާ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ނީލަމުގައި 790،000 ޑޮލަަރަށް ވިއްކާލާފައިވަނީ ބަރުދަނުގައި 238 ކިލޯގެ ނޫއުރަހަ ކަންނެއްޔެކެވެ.

މި ކަންނެލި ގަނެފައިވަނީ ޖަޕާނުގެ ސީފުޑު ހޯލްސޭލަރެއްް ކަމަށްވާ ޔަމަޔުކި އާއި ސުޝީ ޗެއިން އޮނޮޑެރާ ގުރޫޕްގެ ފަރާތުންނެވެ.

ނޫ އުރަހަ ކަންނެއްޔަކީ ދުނިޔޭގައި އެންމެ އަގުބޮޑު މަހުގެ ބާވަތެވެ. މިއީ ވަރަށް މަދުން ފެންނަ މަހުގެ ބާވަތަކަށްވާއިރު ބައެއް ޤައުމުތަކުގައި ނޫއުރަހަ ކަންނެލި ބޭނުމަކީ މަނާކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!