މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގައި ދޯންޏެއް ހަރަކާތްތެރިވަނީ، ފޮޓޯ: މަސްވެރި އިހަވަންދޫ
މަސްވެރިކަމުގައި ދޯންޏެއް ހަރަކާތްތެރިވަނީ، ފޮޓޯ: މަސްވެރި އިހަވަންދޫ

އިރުވައި މޫސުމުގެ 7 ވަނަ ނަކަތް: ފުރަބަދުރުވަ

އިރުވައިގެ 6 ވަނަ ނަކަތް ހިޔަވިހާ ނިމި ' ފުރަބަދުރުވަ' ފަށައިފިއެވެ.

އިތުރުވައި މޫސުމުގެ 7 ވަނަ ނަކަތް ފުރަބަދުރުވަ ކުރިއަށްދާނީ ފެބްރުއަރީމަހުގެ 27 އިން މާރޗުމަހުގެ 11އަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.

ފުރަބަދުރުވަ ނަކަތަކީ ވިދުމާއި ގުގުރުން ގިނަ ނަކަތެކެވެ. މަދު މަދުން ކުދި ކުޅިގަނޑު ޖެހުނަސް އާންމު ގޮތެއްގައި ވައި ޖެހޭނީ އިރު އުތުރުން އާދައިގެ ވަރަކަށެވެ. މި ނަކަތުގައި މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ.

ޖުމުލަ 9 ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 2 ނަކަތް އެބައޮތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

އިރުވައި މޫސުމުގެ ނަކަތްތައް:

  • މުލަ
  • ފުރަހަޅަ
  • އުތުރަހަޅަ
  • ހުވަން
  • ދިނަށަ
  • ހިޔަވިހަ
  • ފުރަބަދުރުވަ
  • ފަސްބަދުރުވަ
  • ރޭވަ
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!