މަސްވެރިކަމާއި ގުޅޭ

423454759-916727179998520-1593770907305572356-n

ޑައިވިން އަށް ދިޔަ ބަޔަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

އޮޔާ ދަނިކޮށް ފެނިގެން 14 ޑައިވަރުން ލާމަތްކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުންގެ މެރިން ޕޮލިސްގެ ލޯންޗެއް މިއަދު ހެނދުނު ފުވައްމުލައް ސިޓީން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގދ. ގަމާ ދިމާލު ކަނޑުމަތިން ޑައިވަރެއް ފެނިގެން ލޯންޗު އެ ސަރަހައްދަށް ދިޔައިރު ދެ ޑައިވަރުން ފެނުނު ކަމަށެވެ.

މެރިން ޕޮލިސްގެ ލޯންޗު ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއްވެސް އޮޔާދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ސަރަހައްދުން ރަޝިޔާގެ ދިހަ ޑައިވަރުންނާއި ހަތަރު އިންސްޓްރަކްޓަރުން ނަގައި ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންގެ ތެރޭގައި ދިވެހި ތިން އިންސްޓްރަކްޓަރުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ސަލާމަތް ކުރި އެންމެން ގދ. ގައްދޫއަށް ގެންގޮސް، އެ މީހުން ޑައިވިންއަށް ދިޔަ ސަފާރީގެ ދޯނި ގެނެސް އެ މީހުން ހަވާލުކޮށްފައިވާ ކަމަށެވެ.

އެ އެންމެންގެވެސް ހާލުވެސް ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!