މަސްވެރިކަމާއި ގުޅޭ

Screenshot 2024-03-04 180210

މަކުނުދޫ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށައިފި

ހދ. މަކުނުދޫ އައިސް ޕްލާންޓާއި ސަރުކާރުން ހަވާލުވެ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މަކުނުދޫ އައިސްޕްލާންޓު ހުޅުވާފައިވަނީ 2018ވަނަ އަހަރުއެވެ. އެ އައިސް ޕްލާންޓު ހުޅުވީ ކަންނެލި ދޯނިފަހަރަށް އައިސް ދޫކުރުމަށް ހާއްސަކޮށްގެންނެވެ. މި އައިސް ޕްލާންޓު ހިންގަމުން އައިސްފައިވަނީ އަމިއްލަ ކުންފުންޏަކުންނެވެ.

މި އައިސްޕްލާންޓުން ހަދަމުން އައީ ސްނޯ އައިސްއެވެ.

މަސްވެރި ރަށެއް ކަމުގައިވާ މަކުނުދޫގެ އައިސް ޕްލާންޓު ހުންނަނީ އެރަށު އުތުރު ފަރާތުގެ ހުރަސް ޖެޓީގައެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ހުއްޓިފައި ހުރި އައިސް ޕްލާންޓުތައް އަލުން އޮޕަރޭޝަނަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުންވަނީ ގެމަނަފުށީ އައިސްޕްލާންޓަށްވެސް ދިމާވި މައްސަލަ ހައްލުކޮށް އައިސް ދޫކުރަން ފަށާފައެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ހުުރި ދަތިތައް ހައްލުކުރުމަށް ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.

މި 9 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، އއ. ރަސްދޫ، ލ. މާމެންދޫ، ދ. މީދޫ، ގދ. ރަތަފަންދޫ، ޅ. ނައިފަރު، މ. ވޭވައް، ގދ. ފިޔޯރީ އަދި ލ. މާވަށެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މީގެތެރޭގައި ސައުދީ ފަންޑުން ހިންގާ 5 ޕްރޮޖެކްޓަކާއި، 2023 ވަނަ އަހަރު ފެނަކައާއި ޙަވާލުކޮށް ލަސްވާތީ ޓަރމިނޭޓްކުރި 4 ޕްރޮޖެކްޓެއްވެސް ހިމެނޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!