މަސްވެރިކަމާއި ގުޅޭ

GH5Q2GcWMAAvhpH

މަހިބަދޫ ބޭރުގައި ކަނދުފައްޗެއް ގާއިމުކޮށްފި

އދ. އަތޮޅުގައި އަލަށް ގާއިމުކުރާ ވަދު ކަނދުފަތި، މަހިބަދޫގެ އިރުން 5.5 މޭލު ބޭރުގައި ގާއިމުކޮށްފިއެވެ.
މި ކަނދުފަތީގެ ނަންބަރަކީ I09V01 އެވެ.

އދ. އަތޮޅުގައި އަޅާ ސްޕޯޓްސް ކަނދުފަތީގެ މަސައްކަތް މިއަދު ފަށާނެ ކަމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) އިއްޔެ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރުގައިވެސް މަހިބަދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާފައިވާ ޓޮމް ވިދާޅުވީ، ރައްޔިތުންގެ ކަންކަމުގައި ނުކުމެ ހުންނެވީ ސަމާސާއަކަށް ނޫން ކަމަށެވެ.

އަދި މަހިބަދޫ، ހަންޏާމީދޫ، ކުނބުރުދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުގެ ރައްޔ‏ިތުންނަށް ޚާއްސަކޮށްގެން ސަރުކާރުން ސްޕޯޓްސް ކަނދުފައްޗެއް އަޅަން ނިންމާފައިވާ ކަމަށް ޓޮމް ވިދާޅުވިއެވެ.

މި ކަނދުފަތި އަޅާފައި ވަނީ އަލިހުރަސްކަނޑުގައެވެ.

‏ފިޝަރީޒް މިނިސްޓްރީން  ވަނީ ހުޅުމާލޭ ސަރަޙައްދުގައި އަދި ށ. އަތޮޅުގައިވެސް އަލަށް އަަޅާ ކަނދުފަތީގެ މަސައްކަތް ނިންމާލާފައެވެ.

ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތަކެއް ފަހި ކޮށްދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށްކުރާ މަސްވެރިކަން އަދި ސްޕޯޓް ފިޝިންގއަށާއި ކެއިން ބުއިމުގެ ބޭނުމަށް ރަށާއި ކައިރިން މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ވަދު ކަނދުފަތި ޤާއިމް ކުރުމުގެ ޕްރޮގްރާމު ފެށީ މިދިޔަ އަހަރުއެވެ.

މީހުން ދިރިއުޅާ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި އަލަށް ޤާއިމުކުރަންފެށި ވަދު ކަނދުފަތި، މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!