މަސްވެރިކަމާއި ގުޅޭ

36312679_10156059694345589_1530701235915587584_n

އދ. އަތޮޅުގައި އަޅާ ސްޕޯޓްސް ކަނދުފަތީގެ މަސައްކަތް މާދަމާ ފަށާނެ: ޓޮމް

އދ. އަތޮޅުގައި އަޅާ ސްޕޯޓްސް ކަނދުފަތީގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ދައުރުގައިވެސް މަހިބަދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާފައިވާ ޓޮމް ވިދާޅުވީ، ރައްޔިތުންގެ ކަންކަމުގައި ނުކުމެ ހުންނެވީ ސަމާސާއަކަށް ނޫން ކަމަށެވެ.

އަދި މަހިބަދޫ، ހަންޏާމީދޫ، ކުނބުރުދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުގެ ރައްޔ‏ިތުންނަށް ޚާއްސަކޮށްގެން ސަރުކާރުން ސްޕޯޓްސް ކަނދުފައްޗެއް އަޅަން ނިންމާފައިވާ ކަމަށް ޓޮމް ވިދާޅުވިއެވެ.

އެ ކަނދުފަތި އެޅުމަށް ހަމަޖެހިފައި ވަނީ އަލިހުރަސްކަނޑުގައެވެ.

އަލަށް ޤާއިމުކުރާ ވަދު ކަނދުފަތިތަކާއެކު ރާއްޖޭގައި މަސްވެރިކަންކުރުމަށް އަންނަ ފަތުރުވެރިންނަށް މުޅިން އައު ފުރުޞަތުތަކެއް ހުޅުވި މިމަސައްކަތުގައި ޙަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ދޮރެއް ހުޅުވިގެންދާނެކަމަށް ޤަބޫލުކުރާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އަދި ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކު މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަޤީންކަން އިތުރު ވެގެންދާނެކަމަށް ދެކޭކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީހުން ދިރިއުޅާ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި އަލަށް ޤާއިމުކުރަންފެށި ވަދު ކަނދުފަތި، މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!