މަސްވެރިކަމާއި ގުޅޭ

ވައިފުޅި އަޅައިގެން އެން ދެމުން.
ވައިފުޅި އަޅައިގެން އެން ދެމުން.

ގަވާއިދު: ސެޓްފިކެޓް ނެތް މަސްވެރިއަކު ފީނުވައިގެން ގެއްލުން ލިބިއްޖެނަމަ ޖޫރިމަނާ ކުރާނެ

ފީނުމުގެ ސެޓްފިކެޓް ނެތް ފަރާތެއް، ފީނުމުގެ ހަރަކާތުގައި ބައިވެރި ކޮށްފިނަމަ ޖޫރިމަނާ ކުރާނެ ކަމަށް މަސްވެރިކަމުގެ ގަވާއިދުގައި ބުނެއެވެ.

އެ ގަވާއިދުގައި ވާގޮތުން، ލައިސަންސް ލިބިފައިވާ އުޅަނދެއްގައި، ފީނުމުގެ ސެޓްފިކެޓް ނެތް ފަރާތެއް، ފީނުމުގެ ހަރަކާތުގައި ބައިވެރި ކޮށްފިނަމަ ޖޫރިމަނާ ކުރާނީ5000 ރުފިޔާއިންނެވެ. އަދި ފީނައިގެން ފަޅުވެރިއަކަށް ދާއިމީ ހާނީއްކައެއް ލިބިއްޖެނަމަ ނުވަތަ މަރުވެއްޖެ ނަމަ، އެކަން ކުރުވި ފަރާތް100،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

އޭގެ އިތުރުން، މަސްވެރިކަމުގެ ބޭނުމަށް ފީނުމުގައި ބޭނުންކުރާ އާލާތްތަަކަކީ އެކަމަށް ރައްކާތެރި ނޫން އަދި ގަވާއިދުން ސާވިސް ކޮށްފައި ނުވާ އާލާތަކަށް ވާނަމަ، އެ އުޅަނދެއް5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭގެ އެވެ. އަދި އޭގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުން ލިބިއްޖެނަމަ100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

ފީނުމުގެ ސެޓްފިކެޓް އޮތްނަމަ ވައިފުޅި އަޅައިގެން މަސްވެރިކަން ކުރެވޭނެ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ފުރަަތަމަ އިސްލާހުގައި ބުނެއެވެ.

މަސްވެރިކަމުގެ އާއްމު ގަވާއިދުގައި ބުނަނީ، ގައުމީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ގަބޫލު ކުރާ، ފީނުމުގެ ތަމްރީނު ފުރިހަމަކޮށް، ސެޓްފިކެޓް ލިބިފައިވާ މީހުންނަށް ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރެވޭނެ ކަމަށެވެ. ނަމަވެސް ސެޓްފިކެޓް ނެތް މީހަކު ނަމަ ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!