މަސްވެރިކަމާއި ގުޅޭ

Screenshot 2024-03-05 202819

ސިންގަޕޫރު މީހެއްގެ ކަރުގައި ކުޑަ ބޯވައެއް ތާށިވެއްޖެ

ސިންގަޕޫރުގެ 55 އަހަރުގެ މީހެއް ޑޮކްޓަރަށް ދައްކަން ދިޔާއީ ކައިނިމުމަށްފަހު ހިންދިރުވަން އުނދަގޫވެ، ބަލިވާން ފެށުމުންނެވެ. އެގޮތުން އޭނާ ސިންގަޕޫރުގެ ޓަން ޓޮކް ސެންގު ހޮސްޕިޓަލަށް ދިޔުމުން ޑޮކްޓަރުންނަށް ލިބުނީ ބޮޑު ޝޮކެކެވެ.

އޭނާގެ ކަރުގައި ތާށިވެފައި އޮތީ ކުޑަ ބޯވައެކެވެ. އޭތި އޮތީ ރަނގަޅަށް ނުހަނފާ ދިރުވާލެވިފައެވެ. އެހެންކަމުން ބަނޑަށް ނުގޮސް ކަރުގައި އޮތީ ތާށިވެފައެވެ.

އޭތި ނެގުން ވީ ޑޮކްޓަރުންނަށްވެސް ދަތިކަމަކަށެވެ. އެހެންނަމަވެސް އޮޕަރޭޝަނަކާއި ނުލައި އޭތި ވަނީ ކާމިޔާބުކަމާއި އެކު ނަގާފައެވެ.

އޭގެ ދެ ދުވަސްފަހުން އެމީހާވަނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައެވެ. ޑޮކްޓަރުން ހާމަކުރާގޮތުގައި ހޮސްޕިޓަލަށް އެންމެ އާއްްމުކޮށް މީހުން އަންނަ އެއް ސަބަބަކީ ކާ އެއްޗެހި ކަރުގައި ތާށިވުން ކަމަށެވެ.

އަދި މިފަދަ ކޭސްތަކުގެތެރެއިން، %90 ކޭސްގައި އަމިއްލައަށް އެ ކާއެއްޗެއް ކަރުން ނެއްޓިގެން ބަނޑަށްދެއެވެ. އަދި ސާރޖަރީއަކާއި ހަމައަށް ގޮސްފައިވަނީ %1 ފަހަރުކަމަށްވެސް ޑޮކްޓަރުން ހާމަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!