މަސްވެރިކަމާއި ގުޅޭ

433132195_424472013432130_8675207251822001355_n

ފައިން ލޭ މަނާ ނުވި މަސްވެރިއަކަށް ނިލަންދޫ ފުލުހުން އެހީތެރިވެއްޖެ

ފަޔަށް ބެރިގަނޑެއް ވަނުމުގެ ސަބަބުން ފައިން ލޭ މަނާ ނުވި މަސްވެރިއަކަށް ފ. ނިލަންދޫ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފ. އަތޮޅު ޕޮލިސް ސްޓޭޝަނުން ބުނީ،  މި ހާދިސާ ހިނގާފައި ވަނީ ނިލަންދޫގެ ހުޅަނގު ދެކުނުން 10 މޭލު ބޭރުގައި ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅުނު ފ.ފީއަލީގައި ދުއްވާ ފަރިދުވެލި ދޯނީގައި ކަމަށެވެ.
އެގޮތުން އެ ދޯނީގެ ފަޅުވެރިއެއްގެ ފަޔަށް ބަރިގަނޑެއް ވަނުމުގެ ސަބަބުން ލޭ މަނާނުވެގެން ފުލުހުންގެ އެހީތެރިކަމަށް އެދުމުން .ނިލަންދޫ ޕޮލިސް ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އާއްމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ފުލުހުން ވަނީ ފުލުހުންގެ ލޯންޗްގައި އަނިޔާވި މީހާ ރަށާ ހަމަޔަށް ގެންގޮސްދީފައެވެ.
މަސްވެރިކަމުގައި ހަރަކާތްތެރި ވަމުން ދަނިކޮށް މަސްވެރިންނަށް އެކި ކަހަލަ އަނިޔާ ލިބޭ ހާދިސާ ކޮންމެވެސް ވަރަކަށް ރާއްޖޭގައި ހިނގައެވެ. އާއްމުގޮތެއްގައި ހިންގަނީ މަސްވެރިއެއްގެ ލޮލަށް ބުޅި ހެރޭ ހާދިސާއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!