މަސްވެރިކަމާއި ގުޅޭ

ހުޅުމާލެ ފަރުމަސް މާރުކޭޓު. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފަރުމަސް މާރުކޭޓު. ފޮޓޯ: އެޗްޑީސީ

ފަރުމަސްވެރިކަމުގެ ލޯނަށް އެދުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވާނެ: އެސްޑީއެފްސީ

ފަރުމަސްވެރިކަމަށް ހުޅުވާލި ލޯނަށް އެދުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވާނެ އެސްއެމްއީ ޑިވިލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީީ، ކަނޑުފަޅުގެ ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން ފަރުމަހުގެ މަސްވެރިކަމުގެ ހަރަކާތްތަކަށް ހުޅުވާލެވިފައިވާ ލޯނު ސްކީމްގެ ދަށުން އެޕްލިކޭޝަން ބަލައިގަންނައެންމެ ފަހު ތާރީހަކީ މި މަހުގެ30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ކަނޑުފަޅުގެ ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން ދޫކުރަން ހަމަޖެހިފައި ވަނީ700،000 ރުފިޔާއެވެ.

ހަ މަސްދުވަހުގެ ގްރޭސް ޕީރިއެޑެއް އެކުލެވޭ މި ލޯނުގެ އިންޓްރަސްޓް ރޭޓަކީ ފަސް އިންސައްތައެވެ. އަދި ލޯނުގެ މުއްދަތަކީ10 އަހަރު ދުވަހެވެ. މި ލޯނު އަމާޒު ކޮށްފައި ވަނީ:-

  •  ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް
  •  އާއްމުކޮށް ވިއްކުމާއި ރިސޯޓްތަކަށް ސަޕްލައި ކުރުމަށް ފިނިކުރި ފަރުމަހާއި ފަރުމަހުގެ އުފެއްދުންތައް ޕެކްކޮށް ސަޕްލައި ކުރާ ފަރާތްތަކަށް
  • އެކްސްޕޯޓު ކުރުމަށް ފަރުމަސް، މަސް ބަންދުކުރާ ނުވަތަ ފަރުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް
  • އަތޮޅުތެރޭގެ ރަށްރަށުން މާލެ ސަރަހައްދުގެ ސަޕްލަޔަރުންނަށް ފަރުމަހާއި މަހުގެ އެކިއެކި އުފެއްދުންތައް އުފައްދާ، ފޮނުވާ ފަރާތްތަކަށެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!