މަސްވެރިކަމާއި ގުޅޭ

10368b77-7c07-4f2e-9692-1249346e29c7

ވަދުނަނާއި ސްޕޯޓްސް ފިޝިން ކަނދުފައްޗެއްގެ ކައިރީގައި ކުރުން މަނާ ކަންކަން

ވަދުނަނުގެ މަސްވެރިކަމާއި މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ގާއިމުކޮށްފައިވާ ކަނދުފައްޗެއްގެ ކައިރީގައި ކުރުން މަނާ ކަންކަން ފިޝަރީޒް މިނިސްޓްރީން ހަނދާން ކޮށްދީފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވަދުނަނާއި ސްޕޯޓްސް ފިޝިން ކަނދުފައްޗެއްގެ ކައިރީގައި ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި ތިން ކަމެއް ހިމެނޭ ކަމަށެވެ. އެއީ:-
  • ކަނދުފަތީގެ އެއްވެސް ބައެއްގައި ވާ އަޅައިގެން ނުވަތަ ވާ އައްސައިގެން އޭގައި އުޅަނދުފަހަރު އަޅައިގެން ތިބުން
  • ވައިފުޅި އަޅައިގެން ފީނުން
  • އޮއިވާލި ކަނދުފައްޗައް އެއްލުންވާނެ އެއްވެސް އަމަލެއް ހިންގުން

ރާއްޖޭގެ ކަނދުފަތި ވިއުގަރގައި މިވަގުތު 14 ވަދު މަސްކަނދުފަތި ގާއިމު ކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެކްސްގައި ކުރި ޕޯސްޓްގައި މީގެ ކުރިން މިނިސްޓްރީން ބުނީ، ވަދުމަސް ކަނދުފައްޗަކީ (ރީނދޫކުލައިގެ ބޮއި) މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ކުރުމަށް ޚާއްސަކޮށް ހަރުކޮށްފައިވާ ކަނދުފަތިތަކެއް ކަމަށެވެ.

މީހުން ދިރިއުޅާ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި ޤާއިމުކުރަންފެށި ވަދު ކަނދުފަތި، މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.