މަސްވެރިކަމާއި ގުޅޭ

Masverin

މައުލޫމާތު : މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތެއްކަމަށް ބަލާ މިންގަނޑު

ރާއްޖޭގެ އިޤްތިސާދުގައި މަސްވެރިކަމަކީ ބޮޑު ހިއްސާދާރެކެވެ. ރާއްޖޭގައި މަސްވެރިކަމުން އާމްދަނީ ހޯދާ އައިލާތައް މަދެއް ނޫނެވެ.

މިއާ އެކު މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތެއްކަމަށް ބަލާ މިންގަނޑު އެނގުން މުހިއްމެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގައި ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތެއްކަމަށް ބަލާ މިންގަނޑު ބަޔާންކޮށްފައެވެ.

އެގޮތުން މި ގަވާއިދުގެ 33ވަނަ މާއްދާގެ ނ.ގައި ބުނެފައިވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތެއްކަމަށް ބަލާނީ، މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބައި މަސްވެރިކަން ކޮށްގެން ހޯދާ ފަރާތްތަކެވެ.

އެގޮތުން، މަހެއްގެ މައްޗަށް އެ ފަރާތަކަށް ލިބޭ އާމްދަނީގެ ގޮތުގައި އެކިއެކި މަސައްކަތްތަކުން ނުވަތަ އާމްދަނީ ލިބޭ ފަދަ އެހެން ވަސީލަތަކުން ލިބޭ މިންވަރު، މަސްވެރިކަން ކޮށްގެން ލިބޭ މިންވަރަށްވުރެ ކުޑަވާންޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބައެއް މަސްދޯނި ފަހަރުތަކުގެ ކެޔޮޅު ނުވަތަ ވެރިން ބޭނުމެއް ނުވޭ ރަޖިސްޓަރީ ވާކައް ސަބަބަކި [އެޕްލިކޭޞަންގެ ދުވަހުގެ ތަފްސީލު ފަޅުވެރިންނައް ހާމަކަން ބޮޑުވުން] މިހާލަތުގަ ފަޅުވެރިން ކިތައްމެ ބޭނުން ވިނަމަވެސް ދިވެހި މަސްވެރިންގެ ދަފްތަތުގައި ބައިވެރި ވެވޭކައް ނޯވެ. މިކަމުގެ އިތުރު ހައްލެއް އޮއްނާނެބާ...

Comments are closed.