މަސްވެރިކަމާއި ގުޅޭ

GLb1ZcHacAAFh65

ބުރުނީ ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމު ކޮށްފި

ތ. ބުރުނީ ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމު ކޮށްފިއެވެ.

މި ވަދުމަސް ކަނދުފަތީގެ ނަންބަރަކީ K09V01 18 އެވެ.

މިއަދު ގާއިމުކުރި މި ކަނދުފަތި އަޅާފައި ވަނީ ބުރުނީގެ އިރު އުތުރުން 5.6 މޭލު ބޭރުގައެވެ. މިެީ މި ހަފްތާ ތެރޭގައި އަޅާނެ ކަމަށް މިނިސްޓްރީން ބުނި ތިން ކަނދުފަތީގެ ތެރެއިން އެއް ކަނދުފައްޗެވެ.

މި ހަފްތާތެރޭގައި ތިން އަތޮޅެއްގައި ވަދު ކަނދުފަތި ގާއިމު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނީ އިއްޔެއެވެ.

އެ އަތޮޅުތަކަކީ، މ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން ވ. އަތޮޅެވެ. އޭގެ ތެރެއިން، މ. އަތޮޅުގައި ގާއިމު ކުރާ ކަނދުފަތި، ވޭވަށް ބޭރުގައި އަޅާފައި ވަނީ އިއްޔެއެވެ.

ރާއްޖޭގެ ކަނދުފަތި ވިއުގަރގައި 14 ވަދު މަސްކަނދުފަތި ގާއިމު ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެކްސްގައި ކުރި ޕޯސްޓްގައި މީގެ ކުރިން މިނިސްޓްރީން ބުނީ، ވަދުމަސް ކަނދުފައްޗަކީ (ރީނދޫކުލައިގެ ބޮއި) މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ކުރުމަށް ޚާއްސަކޮށް ހަރުކޮށްފައިވާ ކަނދުފަތިތަކެއް ކަމަށެވެ.

މީހުން ދިރިއުޅާ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި ޤާއިމުކުރަންފެށި ވަދު ކަނދުފަތި، މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.