މަސްވެރިކަމާއި ގުޅޭ

ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ
ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ

މިމަހުގެ 9ގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ މިހާރުވަނީ ދައްކާ ނިމިފައި: މިފްކޯ

މަސްދޯނިފަހަރަށް ދޫކުރާ ފައިސާގެ ތެރެއިން 09 އޭޕްރިލް 2024 ގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ މިހާރުވަނީ ދައްކާ ނިމިފައިކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އަވަހަށް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަސްވެރިންނަށް ފައިސާ ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރުމުންނެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ 17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ބޮޑުކުރުމެވެ. އަދި އަގަށް ބަދަލު ގެނައުމަށްފަހު ކިރުވާފައިވާ މަހަށް 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ ހުރުމެވެ.

ސަރުކާރުންވެރިކަމާއި ހަވާލުވީފަހުން މިހާތަނަށް މަސްވެރިންނަށްވަނީ 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސް ކިރާތާ 48 ގަޑިއިރުގެތެރޭގައި މަސްވެެރިންނަށް ފައިސާ ދެވޭނެ ނިޒާމެއް ގާއިމްކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.