މަސްވެރިކަމާއި ގުޅޭ

GLf0JPAaYAA55VC

ފޮނަދޫ ބޭރުގައި ކަނދުފައްޗެއް ގާއިމު ކޮށްފި

ލ. ފޮނަދޫ ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމު ކޮށްފިއެވެ.

މި ވަދުމަސް ކަނދުފަތީގެ ނަންބަރަކީ M10V01 އެވެ.

މިއަދު ގާއިމުކުރި މި ކަނދުފަތި އަޅާފައި ވަނީ ފޮނަދޫގެ ދެކުނުން 4.5 މޭލު ބޭރުގައެވެ. އެޔާއެކު މި ހަފްތާ ތެރޭގައި އަޅާނެ ކަމަށް މިނިސްޓްރީން ބުނި ތިން ކަނދުފަތި މިހާރު އެވަނީ އަޅާ ނިމިފައެވެ.

މި ހަފްތާތެރޭގައި ތިން އަތޮޅެއްގައި ވަދު ކަނދުފަތި ގާއިމު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ ބުދަ ދުވަހުއެވެ.

އެ އަތޮޅުތަކަކީ، މ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން ވ. އަތޮޅެވެ. އޭގެ ތެރެއިން، މ. އަތޮޅުގައި ގާއިމު ކުރާ ކަނދުފަތި، ވޭވަށް ބޭރުގައި އަޅާފައި ވަނީ ބުދަ ދުވަހުއެވެ. އަދި ތ. އަތޮޅުގައި އަޅާ ކަނދުފަތި، ބުރުނީ ބޭރުގައި އަޅާފައި ވަނީ އިއްޔެއެވެ.

ރާއްޖޭގެ ކަނދުފަތި ވިއުގަރގައި 14 ވަދު މަސްކަނދުފަތި ގާއިމު ކުރެވިފައިވާ ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެޔަށް މިހާރި ތިން ކަނދުފަތި މިވަނީ އިތުރުވެފައެވެ.

ވަދުމަސް ކަނދުފައްޗަކީ (ރީނދޫކުލައިގެ ބޮއި) މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ކުރުމަށް ޚާއްސަކޮށް ހަރުކޮށްފައިވާ ކަނދުފަތިތަކެކެވެ.

މީހުން ދިރިއުޅާ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި ޤާއިމުކުރަންފެށި ވަދު ކަނދުފަތި، މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.