މަސްވެރިކަމާއި ގުޅޭ

Screenshot 2024-04-16 194648

މަސް ހިފާ ދާ ގަނޑުގައި ޖެހުނީ ހީވެސްނުކުރާ އެއްްޗެއް

އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގައި މަސް ހިފަންވެގެން އެއްލާލި ދާގަނޑުގައި ޖެހުނީ ހީވެސް ނުކުރާ އެއްޗެކެވެ. ޑޭވިޑު ލެއި އަކީ އެހެން މީހުން ގޮވައިގެން މަހަށް ދާ މީހެކެވެ. އޭނާއަކީ އެސަރަހައްދަށް ފަރިތަ މީހެކެވެ.

ބޮލްހޭ ކޯރުގައި އޭނާ މީގެކުރިން އެތައް ފަހަރެއްގެ މަތިން ދާ ޖަހައިގެން މަސް ހިފާފައިވެއެވެ. އެހެން ނަމަވެސް މިފަދަ ކަމަކީ ދިމާވި މިއީ ފުރަތަމަ ފަހަރެވެ.

ދާ ގަނޑުގައި ޖެހުނީ ވަރަށް ބޮޑު އެއްޗެއްކަން އެނގުނެވެ. އަދި ފެނުން މައްޗަށް ދާގަނޑު ދަމަމުން ދިޔައިރު، އެއީ ކޯއްޗެއްކަން އެންގުނެވެ.

އޭނާގެ ދާގަނޑުގައި ޖެހިފައި އޮތީ ބޮޑު ކިނބުލެކެވެ. އަދި އެގެ ކުރީ ބޮޑު ދެ ދަތް އޮތީ ދާ ގަނޑުގައި ދާށިވެފައެވެ. އޭނާވަނީ އޭތީގެ ވީޑިއޯއެއްވެސް ނަގާފައެވެ. ބޯޓުގައި ތިބި 3 މީހުންވެގެން އޭތި ދާގަނޑުން ސަލާމަތްކުރަން މަސައްކަތްކުރިއެވެ.

އަދި އޭތި ދާ ގަނޑުން ސަލާމަތްކުރެވުނީ ވަރަށް އުދަނގުލުންނެވެ. ޑޭވިޑު ވަނީ އެ ކޯރުގައި މަސްވެރިކަން ކުރާ އެހެން ފަރާތްތަކަށްވެސް ސަމާލުވުމަށް އެދިފައެވެ. އަދި މިފަދަ ކަމެއްގެ ތެރެއިން ހިތާމަވެރިކަމެއްވެސް ދިމާވެދާނެތީ އެކަމަށް ފަރުވާތެރިވުމަށްވެސް ޑޭވިޑުވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.