މަސްވެރިކަމާއި ގުޅޭ

GHLfxzyakAALM0e-qkby771binq5d24gi0aqdkjxgznp66d4mfx3q6v8nc

މަސްވެރިކަމުގެ ވައުދު: ރެސްކިއު ޑައިވަރުން އުފައްދަން ޖަނަވަރީމަހު ފަށައިފި

މި ސަރުކާރުން މަަސްވެރިންނަށްވީ 28 ވައުދުގެ ތެރެއިން 21 ވަނައަށް ވެފައިވާ ވައުދަކީ ކޮންމެ އޮޑިއަކުން އެއް ފަޅުވެރިއަކަށް ރެސްކިއު ޑައިވިންގް ފެންވަރުގެ ސަނަދެއް ހާސިލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެ ވައުދު ފުއްދުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން، ދޮށީގެ މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ފަށާފައި ވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި ހިމަނާފައިވާ އެ ވައުދުފުޅު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވަނީ ގދ. މަޑަވެލީގައެވެ. އެކަމަށްޓަކާ އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

މަޑަވެލީގައި ބޭއްވި ރަސްމިއްޔާތުގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ކަނޑައެޅި ފަރާތްތަކާއެކު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ޖުމްލަ 6 ޕާޓީއަކާއެކު ތަމްރީން ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވެއެވެ.

މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅާއިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާ، އެފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ދެކުނުގެ 56 ދޯންޏަކުން56 މަސްވެރިއަކު ވަނީ ތަމްރީނު ކޮށްފައެވެ. މި ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތްތަކެވެ.

ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި، އެނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.