މަސްވެރިކަމާއި ގުޅޭ

0f0cfa2e-dc8f-4c60-b2fd-ab08e84eea1d

ރޯމަހަށް ވެލިއު އެޑް ކޮށްގެން އެކްސްޕޯޓު ކުރެވޭނަމަ އާމްދަނީ ދެގުނަ ކުރެވޭނެ: މިނިސްޓަރު

ރޯމަހަށް ވެލިއު އެޑް ކޮށްގެން އެކްސްޕޯޓު ކުރެވޭނަމަ އާމްދަނީ ދެގުނަ ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ޕީއެސްއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގައި ބާނާ ގާތްގަނޑަކަށް އެއްލައްކަ 30 ހާހެއްހާަ މެޓްރިކްޓަނުގެ މަހުގެ ތެރެއިން ދިވެހިރާއްޖެއިން  ބޭރުކުރެވެނީ ގާތްގަނޑަކަށް 3000 މެޓްރިކްޓަނުގެ މަސް ކަމަށެވެ.

އޭގެތެރެއިން ގާތްގަނޑަކަށް75 އިންސައްތަ އެކްސްޕޯޓް ކުރެވެނީ ރޯ މެޓީރިއަލްގެ ގޮތުގއިަ، ރޯ މަހުގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރޯމަހުގެ ގޮތުގައި ބޭރު ކުރުމަށްވުރެން، ވެލިޔު އެޑް ކޮށްގެން ބޭރު ކުރެވޭ ނަމަ، މިހާރު ލިބޭ އާމްދަނީ ދެގުނަ ކުރެވޭނެ ކަމަށް ޝިޔާމް އަންދާޒާ ކުރައްވައެވެ.

ޝިޔާމް ވިދާޅުވީ، އެ މަސައްކަތުން މިހާރު ލިބޭ އާމްދަނީ އަކީ90 މިލިއަން ޑޮލަރު ކަމަށް ވާނަމަ،  ރޯމަސް ނޫން ގޮތަށް، ވެލިއު އެޑް ކޮށްގެން އެކްސްޕޯޓް ކުރެވިއްޖެ ނަމަ އާމްދަނީ ދެގުނަ ކުރެވޭނެކަން އެނގޭ ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭގައި އަމާޒު ހިފާފައިވާ ވަރަށް މަހުގެ އެކްސްޕޯޓް ކުރާއިރުގައި އާމްދަނީ އިތުރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

ބޭރު ފައިސާގެ ގޮތުގައި ލިބޭ އެ އާމްދަނީ ދެގުނަ ކުރެވޭނެކަން އެނގޭތީއާ އެކުގައި، ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެން މި މަސައްކަތް ކުރަން ފައްޓަވައިފި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.