މަސްވެރިކަމާއި ގުޅޭ

މަސްވެރިންތަކެއް، ފޮޓޯ-މަސްވެރި އިހަވަންދޫ
މަސްވެރިންތަކެއް، ފޮޓޯ-މަސްވެރި އިހަވަންދޫ

މަސްވެރިކަމުގެ ގަވާއިދުގެ ތެރެއިން މަސްވެރި ދަފްތަރު، އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެ

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ބާބު11 އަކީ 'މަސްވެރިންގެ ދަފްތަރު' ބާބެވެ.

އެ ބާބުގައި ވާގޮތުން، ދިވެހިރާއްޖޭގައި މަސްވެރިކަމުގައި ހަކަރާތްތެރިވާ އެންމެހާ ފަރާތްތައް ހިމެނޭ މަސްވެރިންގެ ދަފުތަރެއް މިނިސްޓްރީން އެކުލަވާލައި، އެ ދަފުތަރު އަދާހަމަކޮށް ބަލަހައްޓަން ޖެހެއެވެ.

އެ ދަފުތަރު އެކުލަވާލުމަށްޓަކައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން، މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް ރަޖިސްޓްރީވާން ވާނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

މީގެ އިތުރުން އެ ގަވާއިދުގައި ބުނާގޮތުން، މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތެއް ކަމުގައި ބަލާނީ، މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބައި މަސްވެރިކަން ކޮށްގެން ހޯދާ ފަރާތްތަކެވެ. އެގޮތުން، މަހެއްގެ މައްޗަށް އެމީހަކަށް ލިބޭ އާމްދަނީގެ ގޮތުގައި އެކިއެކި މަސައްކަތްތަކުން ނުވަތަ އާމްދަނީ ލިބޭ ފަދަ އެހެން ވަސީލަތަކުން ލިބޭ މިންވަރު، މަސްވެރިކަން ކޮށްގެން ލިބޭ މިންވަރަށްވުރެ ކުޑަވާން ޖެހެއެވެ.

މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މަސްވެރިންގެ ދަފްތަރު ޑައުންލޯޑް ކުރުމަށް Keyolhu App

އެގޮތުން މަސްވެރިންގެ ދަފްތަރު، މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް އިފްތިތާހު ކޮށްދެއްވާފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެކަމަށްޓަކައި ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއައި މަސްވެރިންގެ ދަފްތަރު އިފްތިތާހުކޮށްދެއްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަކީ، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށް މަސްވެރިންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!