މަސްވެރިކަމާއި ގުޅޭ

Managemenet Plan

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭނަށް މަސްވެރިންގެ ޚިޔާލު ވަރަށް މުހިންމު

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު، 14/2019 ގެ ދަށުން ހަދާފައިވާ ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭނަށް މަސްވެރިންގެ ޚިޔާލު ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ. ކަނޑުމަހުގެ މެނޭޖްމަންޓް ޕްލޭން ހިނގާނީ ކަނޑުމަހާއި، ބޮޑުކަންނެއްޔާއި، ލޯބޮޑު ކަންނެއްޔާއި، ލައްޓި އަދި ރާގޮޑިމަހުގެ ބާވަތްތަކަށެވެ.

މައިގަނޑުކޮށް ރާއްޖޭގައި ކުރާ މަސްވެރިކަން ރާވާހިންގާ ބެލެހެއްޓުމަށް އެކުލަވާލާ ކަރުދާހަށް މަސްވެރިންގެ ހިޔާލާއި މަޝްވަރާ ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެކެވެ. މި ޕްލޭންގައި މަސްވެރިކަމުގެ ހަރަކާތްތަކާއި، ބޭނުން ކުރެވޭނެ އާލާތްތައް ހިމަނާފައިވެއެވެ. ހުއްދަ ކަންތައްތަކާއި މަނާކަންތައްތައް ހިމަނާފައިވެއެވެ. މަސްވެރިކަމަށް ދޫކުރެވޭ ލައިސަންސްތައް ދޫކުރެވޭނެ އުސޫލުތައް ހިމަނާފައިވެއެވެ. މަސްވެރިކަމުގައި ބޭނުންކުރުން މަނާ އާލާތްތަކާއި އަދި މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭވޭ އަދަދުވެސް ތަފްސީލުކޮށް ބަޔާންކުރެއެވެ. ކުށާއި އަދަބު ކަޑައަޅާފައިވެއެވެ.

ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭނަށް އަމަލުކުރަން ފެއްޓުމުން އޭގެ އަސަރުކުރާނީ ރާއްޖޭގެ މަސްވެރިކަމާއި މަސްވެރިންނަށެވެ. މަސްވެރިކަން ރާވާހިންގާ ބެލެހެއްޓުމަށް ރަގަޅުއަސަތުތަކެއް ކުރާނެއެވެ. މިއީ މުސްތަގުބަލަށް އެޅިގެންދާ ރަގަޅު ފިޔަވަޅެކެވެ. އެހެނަސް، މި ޕްލޭންގައި ހިމެނޭ އެންމެހާ ކަންތައްތަކަކީ މަސްވެރިން ރުހޭ ނުވަތަ އެކަމަށް ތާއީދުކުރާނެ ކަންކަމަށް ނުވެދާނެއެވެ. ފަހަރުގައި މަސްވެރިން ބަދަލުގެންނަން ބޭނުންވާ ކަންކަން މީގައި ހުރެދާނެއެވެ. އެހެންކަމުން މިހާރު އެކުލަވާލާފައިވާ ޕްލޭނަށް މަސްވެރިންގެ ޚިޔާލު ހުށަހަޅާ، އުނިއިތުރު ގެނައުމަށް މަސްވެރިކަމުގެ ވުޒާރާއިން ހުޅުވާފައިވާ ފުރުސަތުގެ ބޭނުން ރަގަޅުގޮތުގައި ހިފަމާ ހިނގާށެވެ.

މަސްވެރިން އެމްވީގެ ފަރާތުން، ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭނުގައި ހުރި މުހިންމު ބައިތައް ވަކިވަކިން ގެނެސްދޭނެއެވެ. މަސްވެރިންނާއި އާންމު ފަރާތްތަކުން ކޮންމެ އާޓިކަލްއަކަށް ހިޔާލު ހުށަހެޅުމަށް ޚާއްސަކޮށްފައިވާ ތަނުގައި އުނިއިތުރު ގެންނަންޖެހޭ ކަންކަން ފާހަގަކޮށް ކޮމެންޓް ފޮނުވާށެވެ. އެއިރުން މަސްވެރިން އެމްވީގެ ޓީމުން އެޚިޔާލުތަށް ކަމާއި ގުޅޭ ފަރާތްތަކަށް ހިއްސާކުރާނެއެވެ.

ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭން ޑައުންލޯޑް ކުރައްވާ

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!