މަސްވެރިކަމާއި ގުޅޭ

coop

އިނގިރޭސިވިލާތުގެ ކޯ.އޮޕް އިންވެސް އިންޑިއާ ކަނޑުން ބާނާ ކަންނެލީގެ ދަޅުމަސް ވިއްކުން ހުއްޓާލަނީ

އިންޑިއާ ކަނޑުގެ ސަރަހައްދުން ބާނައިގެން ބަންދުކުރާ ކޯ.އެޕްގެ ބްރޭންޑްތަކާއި އެހެނިހެން ބްރޭންޑްތަކުގެ ދަޅުމަސް އެކުންފުނީގެ އެއްވެސް ފިހާރައެއްގައި ނުވިއްކާނެކަން އިޢުލާންކޮށްފިއެވެ.

އެކުންފުނީގެ ހެޑް އޮފް ފުޑް ޕޮލިސީ ކެތްރީން ހިގްސް ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަޚައްދުގައި ޤަވައިދާ އެއްގޮތައް ބޮޑުކަންނެލީގެ މަސްވެރިކަން ނުކުރެވޭކަމަށެވެ. އަދި ޤަވާއިދާ އެއްގޮތަށް މަސްވެރިކަން ކުރުމަށް އައި.އޯ.ޓީ.ސީން އެޅި ފިޅަވަޅުތަކަށް އެއްބާރުލުންދީފައި ނުވާކަމީ އެފަރާތުގެ ކަންބޮޑުވުމެއްކަންވެސް ހިގްސް ވިދާޅުވިއެވެ.
ފާއިތުވެދިޔަ މަހުގައި ބެލްޖިއަމްގެ ކޮލުރިއުޓް ގްރޫޕުންވެސް ވަނީ އިންޑިއާ ކަނޑުގެ ސަރަޚައްދުން ބާނާ ކަޅުބިލަމަހާއި ކަންނެލީގެ އުފެއްދުންތައް ބާޒާރަށް ނެރުން ހުއްޓާލާނެކަން ވަނީ އިޢުލާންކޮށްފައެވެ.
ނަމަވެސް ކޯ.އެޕް އިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ދޮށީގެ މަސްވެރިކަމިން ބާނާ އަދި ތައިލެންޑްގައި ބަނދުކޮށްފައިހުންނަ އެފަރާތުގެ އަމިއްލަ ބްރޭންޑްގެ މަސްދަޅުތައް ވިއްކާނެކަމަށެވެ.

ގްލޯބަލް ޓޫނާ އެލައެންސް އުފެއްދުމުގައި ޝާމިލްވެފައިވާ މެންބަރުންގެ ތެރޭގައި ކޯ.އެޕް ހިމެނިފައިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށާއި ބޮޑު ކަންނެލީގެ މަސްވެރިކަމުން ބާނާ ކަންނެލީގެ އުފެއްދުންތައް ވިއްކޭނީ އައި.އޯ.ޓީ.ސީއިން މިކަމަށް ހައްލެއް ގެނައުމުންކަންވެސް ހިގްސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!