މަސްވެރިކަމާއި ގުޅޭ

plastic

ކަނޑުގެ އަޑީގައި 14 މެޓްރިކް ޓަނަށްވުރެ ގިނަ ޕްލާސްޓިކް އެބަހުރި: ދިރާސާ

ކަނޑުގެ އަޑީގައި 14 މެޓްރިކް ޓަނަށްވުރެ ގިނަ އަދަދަކަށް ޕްލާސްޓިކް އެބަހުރިކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ދާދިފަހުން ކުރި ދިރާސާތަކުން ދައްކާ ގޮތުން، ދުނިޔޭގެ ކަނޑުތަކުގެ އަޑީގައި 5 މިލިމީޓަރ ބޮޑުމިން ހުންނަ ޕަލްސްޓިކް ކުނި އެބަހުއްޓެވެ.  މިއީ ކަނޑުން އޮޔާދާ ކުންޏާއި އަޅާބަލާއިރު ތިރީސް ގުނަ އިތުރު އަދަދެއްކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ސައިންސް އޭޖެންސީ "ސީ.އެސް.އައި.އާރް.އޯ" އިން ވަނީ އެޤައުމުގެ ކަނޑުގެ ސަރަޚައްދުތަކުގެ 300 ކިލޯ މީޓަރު ބޭރުން 6 ހިސާބަކުން ސާމްޕަލްސް ނަގައިގެން ތަހުލިލުކޮށްފައެވެ.
އޭޖެންސީން ކަނޑުގެ އަޑިން ނަގާފައިވާ 51 ސާމްޕަލްއަށް ބަލާއިރު މިއިން ކޮންމެ 1 ގްރާމްއަކުން 1.26 ގްރާމް މައިކްރޯ ޕްލާސްޓިކް ކޮޅު ހިމެނޭކަމަށް ބުނެފައިވެއެވެ.
މައިކްރޯ ޕްލާސްޓިކްއަކީ އޭގެ ބޮޑުމިނުގައި 5 މިލިމީޓަރަށް ވުރެން ކުދި އެތިކޮޅު ކޮޅުކަންވެސް ފާހަގަކޮފައިވެއެވެ. މިއީ ކަނޑަށް އުކާލެވޭ ބޮޑެތި ކުނިން ހަލާކުވެ ނެތިގެންދާ ކުންޏެވެ.
މުޅި ދުނިޔޭގެ ފެނުގެ ސަރަޙައްދާއި ކަނޑުގައި އުފެދިފައިވާ ކުނީގެ ރާޅުބާންޏަކީ ބައިނައްލަޤްވާމީ ބޮޑު މައްސަލައެކެވެ. "ސީއައިއެސްއައިއާރްއޯ" ގައި ހަރަކާތްތެރިވާ ޑރ.ޑެނިސް ހާރޑެސްޓީ ބުނެފައިވަނީ މިހާ އެކަހެރި ސަރަހައްދުތަކުގެ ކަނޑުގެ އަޑީގައި މިހާގިނަ ކުނި އުފެދިފައިވުމުން ހާމަކޮށްދެނީ ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް މިގޮތަށް ކުނި ފެނުން އެއީ އާންމުކަމެއްގެ ކަމަށެވެ.

އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކްގެ ބާވަތްތައް އުކާލުމާއި މިފަދަ އަމަލްތައް ހުއްޓުވައިގެން ނޫނީ މިކަމަށް ހައްލެއް ނުލިބޭނެކަންވެސް އޭނާ ފަހަގަކުރިއެވެ. އަދި ކަނޑުގެ ބިމުގެ އަޑި ކޮނެގެން ނަގާފައިވާ ސާމްޕަލްތަކަށް ބަލާއިރު މިއީ ވަރަށް ކުރީގެ އަހަރުތަކުގައި އިންސާނުން ބޭނުންކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައްކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި މިއަދަދަކީ ކަނޑަށް އުކާލެވޭ ކުނީގެ ނިސްބަތައްބާލާއިރު ވަރަށް ކުޑަ އަދަދެއްކަންވެސް އޭނާ ފަހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!