މަސްވެރިކަމާއި ގުޅޭ

breaking

މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ދަށްކޮށްފި

މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ދަށްކޮށްފިއެވެ. މިގޮތުން ކިލޯއަކުން ދެ ރުފިޔާ ވަނީ ދަށް ކޮށްފައެވެ.

މީގެކުރިން އައިސްއަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 18 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސް ކިލޯއެއް ގަންނަމުންދިޔައީ 16 ރުފިޔާއަށެވެ. ނަމަވެސް މިއަދު އަގަށް ގެނައި ބަދަލާއި ގުޅިގެން މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށެވެ. މީގެއިތުރުން 10 ރުފިޔާއަށް ގަންނަމުންދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިއަދުން ފެށިގެން ގަންނާނީ 9 ރުފިޔާއަށެވެ. އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށެވެ.

މިފްކޯއިން މަހުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު ކިލޯއަކުން ދެ ރުފިޔާ ދަށްކޮށް އައިސް އަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް ގަންނަ އަގަކަށް 18ރ ހަމަޖެއްސިއެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މިފްކޯއިން ވަނީ އެކުންފުނިން މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލާފައެވެ. މިއާއެކު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް އިއުލާންކޮށްފައެވެ.

މިފްކޯއާ އެންމެ ވާދަވެރި ކުންފުނި ކަމަށްވާ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަންނަނީ، އައިސް އަޅައިގެން ފިނިކޮށްގެން ގެންނަ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެނި ކިލޯއެއް ވަގުތުން ފައިސާ ދޭ ގޮތަށްނަމަ 14 ރުފިޔާއަށް ކަމަށެވެ. އައިސްނާޅާ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް 13 ރުފިޔާއަށެވެ.

1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ހޮރައިޒަން ފިޝަރީޒުން ގަންނަނީ 5.50 އަށެވެ. އަދި އައިސް ނާޅާ ގެންނަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނާނީ 5.15 އަށެވެ. މިއީ ވަގުތުން ފައިސާ ދީފައި އެކުންފުނިން މަސް ގަންނަ އަގުތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. masverin nuvegen ulhunu kanthah vefa thiothee. 1 rate eh otheema ekama massala jessee. mihaaru thibeyneee raakanimas kevifa. baarah athaa fayaa jahaa dhen.

Comments are closed.