މަސްވެރިކަމާއި ގުޅޭ

WTO1

ދެމެހެއްޓެނިވި ގޮތުގައި ނޫން ގޮތްގޮތަށް ކުރާ މަސްވެރިކަމަށް ދޭ ސަބްސިޑީ ކަނޑާލުމަށް އިންޑިއާއިން ގޮވާލައިފި

ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަން ފިޔަވައި އެހެނިހެން ގޮތްގޮތަށް ކުރެވޭ މަސްވެރިކަމަށް ޤައުމުތަކުން ދޭ ސަބްސިޑީ ކަނޑާލުމަށް އިންޑިއާއިން ގޮވާލައިފިއެވެ.

ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ އެމްބެސެޑަރ އަދި ޕާރމަނަންޓް ރެޕްރެޒެންޓޭޓިވް ވިދާޅުވީ، ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ މެމްބަރު ޤައުމުތަކުން މަސްވެރިކަމުގެ ސަބްސިޑީގެ ގޮތުގައި ކުރޭވެ ހޭދައިގެ ސަބަބުން ކަނޑައެޅިފައިވާ  ކަނޑައެޅިފައިވާ އުސޫލްތަކާއި ޚިލާފަށް މަސްވެރިކަން ކުރަމުން އަންނަ ކަމަށެވެ.

މި ބައްދަލުވުމުގައި، ސަބްސިޑީގެ ގޮތުގައި ދެވޭ އެއްޗަކީ ހަރުދަނާ ގޮތުގައި ކަނޑައެޅިފައި އެއްޗެއްކަމަށާއި އަދި ޤަވައިދާއި ޚިލާފަށް ކުރެވޭ މަސްވެރިކަމާއި، މިންގަނޑުތަކަށް ނުފެތޭ މަސްވެރިކަން ހުއްޓުވުމަށް މަޝްވަރާ ކުރެވުނެވެ. މި ބައްދަލުވުމުގައި އިންޑިއާއިން ވަނީ އަލަށް ކުރި އަރަމުން އަންނަ ދަށް ފަންތީގެ ޤައުމުތަކަށް ތަފާތު ކުރުމެއް ނެތި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމްއިއްޔާގެ ސީނިއަރ މެމްބަރު ޤައުމުތަކަށް މި ބައްދަލުވުމުގައި ގޮވާލާފައިވެއެވެ.

މިކަމުގެ ސަބަބުން މިހާރު ދެމުން އަންނަ އެހީ ކަނޑާލުމުން މަސްވެރިކަމުގައި އުޅޭ މަސްވެރިންނަށާއި އަދި މަސްވެރި އަންހެނުނަށް އެއްވެސް ދައްޗެއް ދިމާވެގެން ނުވާނެ ކަންވެސް އިންޑިއާއިން ފާހަގަކޮށްފައިވެއެވެ.

2017 ވަނަ އަހަރި ބާއްވާފައިވާ ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ 11 ވަނަ ޖަލްސާގައި ވެސް މިކަމާއި ބެހޭގޮތުން މަޝްވަރާތަކެއް ކުރެވިފައިވެއެވެ. އިންޑިއާއިން ބޭނުންވަނީ އެޤައުމުގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ދެމެހެއްޓެނިވި ގޮތުގައި ސަބްސިޑީގެ އެހީ ފޯރުކޮށްދިނުންކަމަށް އެޤައުމުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!