މަސްވެރިކަމާއި ގުޅޭ

69748766_124842442215057_4089826605537427456_o

ބަޖެޓްގައި "މަސްވެރިކަމުގެ ސިނާއަތު" ތަރައްޤީކުރަން ހިމަނާފައި އޮތީ ކޮންކަމެއް؟

ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޯރޭޖާއި، މަސްފިނި ކުރުމުގެ ނިޒާމްތައް ޤާއިމްކުރުމަށް ބަޖެޓުގައި ހިމަނައިފިއެވެ.

2020 ވަނަ އަހަރުގެ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި، ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ބަޖެޓުގައި މިފްކޯގެ ކޫއްޑޫ އަދި ކަނޑުއޮތްގިރީގައި ޚިދުމަތް ފުޅާކޮށް ވަސީލަތްތައް ތަރައްޤީކުރަން ހިމެނިފައިވާ ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެލިއު އެޑްކުރުމަށް އައްޑޫ ސިޓީގެ ހަތަރު ރަށެއްގައި ގޭދޮށު މަސްފެކްޓްރީ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަންވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިގުތިސާދު ސިންދަފާތު ކުރެވެން ހުރި ދިމާތަކަށް އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށް މަގު ފަހިކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މަސްވެރިކަމުގެ ދާއިރާއަކީ އަޅުގަނޑުމެންގެ އެންމެ ޒަމާންވީ ސިނާއަތް ނަމަވެސް މި ސިނާއަތުގެ ނަފާ އިތުރު ކުރެވިދާނެ ގިނަ ގޮތްތަކެއް އަދިވެސް އެބަހުރި. މިގޮތުން ހާއްސަ ސަމާލުކަމެއް ދެވިގެން 2021 ވަނަ އަހަރުގެ ބަޖެޓުގައިވެސް ވެލިއު އެޑިޝަންއަށް ކުރަން ޖެހޭ އިންވެސްޓްމަންޓް ތައް ކުރެވިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުފަޅުގައި މަސްއާލާކޮށް މިސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް 2021 ވަނަ އަހަރުވެސް ރޭވިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށް، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރުމަށް، ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއްދީފައިވާނެ ކަމަށެވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!