މަސްވެރިކަމާއި ގުޅޭ

ކަނޑު ކިރުޅިޔަމަސް - ފޮޓޯ: ފިޝް ބަޔޯ ސިސްޓަމް

ކަނޑު ކިރުޅިޔަމަސް

ރާއްޖޭގެ ފަރުފަޅުތަކާއި ތިލަތިލައިގައި އުޅޭ 50 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ.

ދިވެހިން ރޭގަޑުކުރާ ނަޑުފެއްތުމުގެ ކެޔޮޅުކަމުގައި މަދުމަދުން މިމަސް ބޭނެއެވެ. މިއީ ކެއުމަށް މީރުމަހެކެވެ. ކަނޑުކިރުޅިޔަމަހުގެ ދެބާވަތެއް އުޅެއެވެ. މިދެބާވަތުގެ އެއްގޮތްކަން ބޮޑުކަމުން ވަކިކުރަންވަނީ ދަތިކަމަކަށްވެފައެވެ. ނަމަވެސް މިދެބާވަތް އުޅުމަށް ޚިޔާރުކުރާ ސަރަޙައްދުތައް ދެމަހުގައި ތަފާތެވެ. މިމަސް ޢާއްމުގޮތެއްގައި އުޅެނީ މާކަނޑާއި ގުޅިފައި ހުންނަ ކުދި ޖަޒީރާތަކުގެ ކައިރީގައިކަމަށް ބެލެވިފައިވެއެވެ. މަހުގެ ކާނާއަކީ އަޑީގައިއުޅޭ ބައެއް ދިރުންތަކާ ކުދިމަހެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކަށްޓާއެކު 13 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 3 ނުވަތަ 9 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތުގައި 17 މަޑުކަރިހުރެއެވެ. މަހުގެ މައިގަޑު ކުލައަކީ ފިޔާތޮށިކުލައެކެވެ. ނަމަވެސް ބަނޑުދަށް ހުންނަނީ ރިހިކުލައެއްގައެވެ. މިބާވަތުގެ މަހުގެ މަތީކޮތަރިބައި ނިމޭހިސާބުން ނިގޫފަތާ ދިމާގައި ހުދުކުލައިގެ ލަޕެއް ބައެއްފަހަރު ފާޅުކޮށް ފެންނަން ހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Slender pinjalo

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!