މަސްވެރިކަމާއި ގުޅޭ

koamas

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާދިނުމަށް ގއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފި

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާދިނުމަށް ގއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ގއ.އެކަފަރު އިރު އުތުރުން 1.5 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ، ”ކޯމަސް“ ދޯނީގައިހުރި 36 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފުގެ ސަދަން އޭރިއާގެ ކޯސްޓް ގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު، އޭނާއަށް އަވަސް ފަރުވާދިނުމަށް ގއ ވިލިނގިލީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

ކޯމަސް ދޯންޏަކީ ގއ. މާމެންދޫ ދޯންޏެކެވެ.

މަސްވެރިންގެ ލޮލަށް ބުޅިހެރުމަކީ މިހާރަކަށް އައިސް އާންމުކޮށް ދިމާވާ ނުރައްކާތެރި ހާދިސާއެކެވެ. މިކަމަކީ ލޮލުގެ ފެނުން ގެއްލިދާފަދަ ނުރައްކާތެރި ކަމެކެވެ. މިކަމުން ސަލާމަތްވުމަށް ދޮށިއަޅާއިރު އައިނާއި، ހެލްމެޓް އެޅުމަކީ މިކަމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!