މަސްވެރިކަމާއި ގުޅޭ

Image 2020-12-10 at 06.57.27 (1)

މަސްވެރިންގެ ދުވަސް ފާހަގަކުރަން ކަންނެލި ދޯނިފަހަރުން މާލޭ ސަރަހައްދުގައި ދޯނި ބުރެއް ބާއްވަނީ!

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޮޑު ކަންނެލި ޔޫނިއަނުން އިސްނަގައިގެން މާލެ ސަރަހައްދުގައި ދޯނި ބުރެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރާ ދުވަހަށްވާއިރު މިއަދު މަސްވެރިން ތިބީ ވަރަށް ހާލުގައިކަމަށެވެ.

"ބާނާ މަސްކޮޅު ނުކިރުމާއި، ކިރަން އެތައް ދުވަހެއް ނެގުމާއި، ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، ދިވެހިންގެ މި ސިނާއަތް މަދުބައެއްގެ އަތްދަށުވެ ސިނާއަތް ނެތި ދިއުމުގެ ކުރިން މަސްވެރިންނާއި އޮޑިވެރިން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި، ބޮޑުކަންނެލި މަސްވެރިންގެ ޚާއްޞަ ސުލްހަވެރި ދޯނިބުރެއް މާލެ ސަރަހައްދުގައި ބާއްވާ މަސްވެރިންގެ ކަންބޮޑުވުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ނިންމާފައިވާ ވާހަކަ ދަންނަވާލަމެވެ." ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

މިކަމާބެހޭގޮތުން މަސްވެރިން އެމްވީއަށް މަޢުލޫމާތު ދިން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އޮފިޝަލަކު ބުނީ، މި ދޯނިބުރުގައި 130 ވަރަކަށް ކަންނެލި ދޯނި ބައިވެރިވާނެކަމަށް ލަފާ ކުރެވޭކަމަށެވެ. މިއަދު 11:30 ކަންހާއިރު ފެށުމަށް ހަމަޖެހިފައިވާ މި ދޯނި ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދިމާލަށް މަޑުކުރުމަށްފަހު ޝުޢޫރު ފާޅުކުރުމަށް ހަމަޖެހިފައިވާކަމަށް ބީކޭއެމްޔޫގެ އޮފިޝަލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.