މަސްވެރިކަމާއި ގުޅޭ

32976984

ނައިފަރު އަންހެނުންގެ މަސްދަތުރުން 1 ވަނަ ހޯދީ "މަލާހާ-2"

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނައިފަރުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން އަންހެނުންގެ މަސްދަތުރުން 1 ވަނަ މަލާހާ-2 ދޯނި ހޯދައިފިއެވެ.

ފިޝަމެން އެސޯސިއޭޝަން އޮފް ނައިފަރާއި އެރަށު ކައުންސިލް ގުޅިގެން ބޭއްވި އަންހެނުންގެ މަސްދަތުރުން އެންމެ ބަރު މަސް ބާނައިގެން 2 ވަނަ "ރުއްކުރި" ހޯދިއިރު 3 ވަނަ ހޯދީ "މިސްރާބު" ދޯންޏެވެ.

މުޅި ރަށަށް ހުޅުވާލައިގެން ބޭއްވި މި ހަރަކާތުގައި ޒަމާނީ ދޮށީގެ މަސްވެރިކަން ތަޖުރިބާ ކޮށްލުމުގެ ގޮތުން ނައިފަރުން 6 ދޯނީގައި 80 އަންހެނުން މަހަށްދިޔައެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ނައިފަރުގައި ބޭއްވި ސްޓޭޖް ޝޯވގެ ތެރެއިން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ. ފިޝަމެން އެސޯސިއޭޝަން އޮފް ނައިފަރުގެ ރައީސް ފަރުހާރު މުޙައްމަދު ވިދާޅުވީ، ވަނަވަނަ އަށް އައި ފަރާތްތަކަށް އަގުބޮޑު އިނާމުތައް ލިބިފައިވާކަމަށެވެ.

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ނައިފަރުގެ މަސްވެރިންނާއި، އޮޑިވެރިންގެ އިތުރުން ނައިފަރުގެ އަންހެނުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން ފަރުހާދު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!