މަސްވެރިކަމާއި ގުޅޭ

Minister Zaha

އެމްޑީޕީއިން މަސްވެރިންނަށް ވީ ވައުދު ފުއްދަން ހުރަހެއް ނާޅަން: ޒަހާ

މަސްވެރިންނަށް އެމްޑީޕީއިން ވީ ވައުދު ފުއްދަން ހުރަސް ނާޅާކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން އަހާށޭ ބުނާނަން ޕްރޮގްރާމަށް އާންމުން ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ އެއްވެސް ވައުދެއް ފުއްދުމަށްޓަކައި ހުރަސް ނާޅާކަމަށާއި، ސާބިތުކަމާއިއެކީ ކުރިއަށްމިދަނީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތައް ދެމެހެއްހެއްޓުމަށްޓަކައި މަސައްކަތްކުރަމުން ކަމަށެވެ. އަދި މިހާރުވެސް ގެންދަވަނީ ވައުދުތައް ފުއްދަމުން ކަމަށް ޒަހާ ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރު އައިފަހުން ލޭނުއަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ބޯޓުފަހަރުތަކުގެ މަސައްކަތް ހުއްޓުވުމާއި، މަސްގަތުމަށް ބަންދުކުރެވިފައިވާ އޮތް އޮތުން ނިމުމަކަށް ގެނެސް "އެކްސްކުލޫވިޓީ" އުވާލާ މަސްގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުން ފަދަ ވައުދުތައް މިހާރުވެސް ފުއްދިފައިވާނެ ކަމަށް ޒަހާ ވިދާޅުވިއެވެ.

"އަޅުގަނޑު އެއްވެސް ވައުދެއް ފުއްދުމަށްޓަކާ ހުރަހެއްނާޅަން. އަޅުގަނޑަކީ މިހާރުވެސް އެމްޑީޕީގެ މި ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތައް، ސާބިތުކަމާއި އެކީ ސަރުކާރުގެ ސިޔާސަތުތައް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުކުރާނީ މަސައްކަތް" ޒަހާ ވިދާޅުވިއެވެ.

މަސްއޫލިއްޔަތު އަދާ ނުކުރައްވާކަމަށް ބުނެ 2020 ވަނަ އަހަރު އެކިފަހަރުމަތިން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލީސް މެމްބަރުންވަނީ މިނިސްޓަރު ޒަހާއަށް ފާޑު ވިދާޅުވެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އެމް.ޑީ.ޕީ. ގެ ލީޑަރުގެ ފުރަތަމަ ވައުދަކީ ، ކޮއްކޮ އާދަމް ޒިޔާދަށް ފިޝަރީޒް ގެ ޑިރެކްޓަރ ޖެނެރަލްކަން ދިނުން. އޭނާ ބުނާގޮތަށް މިނިސްޓަރު ހުރިހާ ކަމެއްކޮށް ނޭވާވެސްލަމުން ގެންދަނީ. ކޮން މައްސަލައެއްތޯ ދިމާވާނީ. އޭރުން ތިޔަ އެމް އަރު އެމްގެ މިނިސްޓަރުކަން މަޖްލީހުން ދިފައުކޮށްދޭގޮތަށް ޑިލްް ހަދައިގެން ކުރިޔަސް ދަނީ.

Comments are closed.