މަސްވެރިކަމާއި ގުޅޭ

EsLIE6wUwAQTLor

ދިއްފުށީ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފި

ކ. ދިއްފުށީ ބޭރުގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން އެހެން ކަނދުފައްޗެއް ހަރުކޮށްފިއެވެ.

މި ކަނދުފަތިވެސް ހަރުކޮށްފައިވަނީ ކަނޑައިގެން ދިޔަ ކަނދުފަތި އޮތް ސަރަހައްދުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މި ކަނދުފަތީގެ ބޮއި ނަމްބަރަކީ 536 އެވެ.

ދިއްފުށީ ބޭރުން ކަނޑައިގެން ދިޔަ ކަނދުފަތި ހަރުކޮށްފައިވަނީ އެރަށު އިރުން 13 މޭލު ބޭރުގައެވެ. މި ކަނދުފަތި ހަރުކުރީ މިދިޔަ އަހަރުގެ މާރޗް މަހުގެ ދެ ވަނަ ދުވަހުއެވެ. ކަނޑައިގެން ދިޔަ ކަނދުފަތީގެ ބޮއި ނަމްބަރަކީ 524 އެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ.

ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!