މަސްވެރިކަމާއި ގުޅޭ

14tb-ocean-image-superJumbo

މިއީ މިހާތަނަށް ކަނޑުގެ ދިރުންތަކުގެ ތެރެއިން ފެނުނު އެންމެ ދިގު މަޙުލޫގަށް ވެދާނެ!

މިނިމުނު އަހަރު ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ސައިންސްގެ އެތަށް ހޯދުންތަކާއި ދިރާސާތަކަށް މަޑުޖެހުން އައެވެ.

ނަމަވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި މުހިންމު ދިރާސާތަށް ކޮވިޑްގެ ބަލިމަޑުކަމާއެކުވެސް ވަނީ ކުރިއަށް ގެންގޮސްފައިއެވެ. އެގޮތުން ޝްމިޑްޓް އޯޝަން އިންސްޓިއުޓް އަކީ ކަނޑުއަޑީގެ ފުން ސަރަހައްދުތަކަށް ރޮބޮޓް ސަބްމެރިން ފޮނުވައިގެން ފުޅާ ދާއިރާއެއްގައި ދިރާސާކުރަމުން އަންނަ ޖަމާއަތެކެވެ. އެގޮތުން ކުރި ދިރާސާ ޑައިވެއްގައިވަނީ މިހާތަނަށް ކަނޑުން ފެނުނު އެންމެ ދިގު މަޙްލޫގެކަމަށް ބެލެވޭ ދިރުމެއްގެ ވީޑިއޯ ވަނީ އާންމުކޮށްފައެވެ.

ސައިންސްވެރިންނަށް މި ދިރުން (siphonophore) ފެނިފައިވަނީ ވެސްޓާރން އޮސްޓްރޭލިޔާގެ ކަނޑުގެ 2000 ފޫޓް އަޑިންނެވެ. މި ދިރުމުގެ ދިގުމިނުގައި 150 ފޫޓް ހުންނާނެކަމަށްވަނީ އަންދާސާކޮށްފައެވެ. އިންސްޓިއުޓްގެ ދިރާސާ އުޅަނދު ފެލްކޮރ ގައި މިދިރާސާތަކަށް ފީނާ ސަބްމެރިން ސުބެސްޓިއަން އަށް މިދިޔަ މާރޗްމަހު، ދިރާސާގެ ބައިވެރިންނަށް މިދިރޭ މަޙްލޫގް ފެނުމުން ފުރަތަމަ ވައްތަރުވީ ޔޫ.އެފް.އޯ އަކާއި ކަމަށް ރިޕޯރޓްކޮށްފައިވެއެވެ. އޮސްޓްރޭލިޔާގެ ހުޅަނގު ކަނޑުގެ ދިރުންތަށް އިތުރަށް ދިރާސާކުރުމަށް އެ ސަރަހައްދަށް ކުރި ޑައިވްއެއްގައި މިދިރުން ފެނިފައިވަނީ ކޮއިލެއްގޮތަށް އޮޅިފައި އޮތް އެއްޗެއްގެ ގޮތުގައިއެވެ.

މިއީ މިހާތަނަށް ދުނިޔޭގެ ކަނޑުތަކުން ފެނުނު އެންމެ ދިގު ދިރުމަށް ވެދާނެކަމަށް ސައިންސްވެރިންވަނީ ލަފާކޮށްފައެވެ. މީގެކުރިން ކަނޑުތަކުން ފެނުނު އެންމެ ދިގު ދިރުންކަމުގައި ރިޕޯރޓްކޮށްފައިވަނީ ލަޔަންސް މޭން ޖެލީފިޝް (ފިރުއަޢުނު މުދަލުގެ ވައްތަރެއް) ކަމަށް ރިޕޯރޓްކުރެވެއެވެ. މީގެ ފައިތައް 120 ފޫޓްއަށް ދިގުވެއެވެ. ދުނިޔޭގައި އެންމެ ބޮޑު މަޙްލޫގްގެ ގޮތުގައި މިހާތަނަށް ބެލެވޭ ބުލޫ ވޭލް ގެ ދިގުމިނަކީ 100 ފޫޓެވެ.

ސިފެނޯޕޯރ އަކީ ޒޫއިޑްސް (zooids)  ކިޔާ ގިނަ ސެލްތަކުގެ މައްޗަށް އެކުލެވޭ ދިރުމަކުން އެތަށް ފަހަރަކު ކްލޯން ވެގެން އުފެދޭ ދިރުމެކެވެ. ދުނިޔޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތަކަކީ ނިސްބަތުން ވަރަށް ކުޑަ މިންވަރަކަށް ދިރާސާކޮށް ހަގީގަތް ހޯދިފައިވާ ތަންތަނެވެ. އޮގޮތުން މިފަދަ ފުންސަރަހައްދުތަކަކީ ނިސްބަތުން ހަނދާއި އަދި ކައިރި ބައެއް ޕްލެނެޓްތަކަށް ވުރެ އަޑިނޭގޭ، ހަގީގަތް ނޭގޭ ސަރަހައްދުތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކޮންމެއެޗެކޭވެސް ކިޔާފާނެ.
    ތިދިގު އެތިނުދައް ކާތި

Comments are closed.