މަސްވެރިކަމާއި ގުޅޭ

3631

ވަނުއާޓޫގެ ކަނޑުގެ ސަރަޙައްދުން މަސްވެރިކަން ކުރަމުންދިޔަ ޗައިނާގެ ދެ މަސްބޯޓު އަތުލައިގަނެފި

ޕެސިފިކްގެ ޖަޒީރާ ޤައުމެއް ކަމަށްވާ ވަނުއާޓޫގެ ޚާއްޞަ އިޤްތިސޯދީ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ޗައިނާގެ ދެ މަސްބޯޓު އަތުލައިގަނެފިއެވެ.

ވައުނާޓޫގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި ޤަވާއިދާއި ޙިލާފަށް އެޤައުމުގައި މަސްވެރިކަން ކުރަމުންދަނިގޮތް އަތުލައިގަނެފައިވަނީ ޑޮންގ ގަންގު ޝިންގ 13 އަދި ޑޮންގ ގަންގު ޝިންގް 16 ނަމަކަށް ކިޔާ ޗައިނާގެ މަސް ބޯޓުތަކެކެވެ. މިއީ ވަނުއާޓޫގެ ކަނޑުގެ ސަރަޙައްދުން ޤަވާއިދާ ޙިލާފަށް މަސްވެރިކަންކުރިކަމަށް ތުހުމަތުކުރެވިގެން އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ޗައިނާގެ ބޯޓުތަކެއް ގެނެވުނު ފުރަތަމަ ފަހަރެވެ.

މި ބޯޓުގެ ފަޅުވެރިން މިހާރުދަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުންނެވެ. އަދި އެއަށްފަހު ތަހުޤީޤުގެ މަރުހަލާތައް ފެށިގެންދާނެ ކަމަށް ވަނުއާޓޫގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ޗައިނާއަކީ ދުނީޔޭގެ އެންމެ ބޮޑު ޑިސްޓެންޓު ވޯޓަރ ފިޝިންގ ފްލީޓު އޮތް ޤައުމެވެ. އެގޮތުން އެޤައުމުގެ ޑިސްޓަންޓް ވޯޓަރ ފިޝިންގ ފްލީޓުގައި 17000 ބޯޓު އޮވެއެވެ. މިއާއެކު ޕެސިފިކު ކަނޑުގެ ސަރަޙައްދަށް މި ބޯޓުތައް ވަނީ އަށްގަދަ ކޮށްފައެވެ. އަދި އެމެރިކާ އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކަށް ޗައިނާގެ ބޯޓުތައްވަނީ ބޮޑު ކަންބޮޑުވުމަކަށްވެފައެވެ.

ހައި ޗިއެން ސިންގް 20 ނަމަކަށް ކިޔާ ބޯޓުގައި 10 ފަޅުވެރިން މިހާރުވަނީ އިންޑޮނޭޝިއާގެ ނޭވީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެ ތެރޭގައި ހިމެނެނީ ބޯޓުގެ ކައްޕި ކަމުގައިވާ ޓައިވާން މީހަކާއި، އަދި ހަމަ ޓައިވާނަށް ނިސްބަތްވާ 2 މީހަކާއި، އިންޑޮނޭޝިއާގެ 7 މީހުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!