މަސްވެރިކަމާއި ގުޅޭ

big_6yDj3Vsxyw5FU5o40HhCO7ZlR

ފިޔޯރީ ބޮއި އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފަށާނެ: މިނިސްޓްރީ

ގދ.އަތޮޅު ފިޔޯރީ ކައިރީގައި އަޅާފައި އޮންނަ މަސް ބޮއެ ކަނޑައިގެން ދިޔަތާ ތިން މަސްދުވަހަށް ވުރެވެސް ގިނަ ދުވަސް ވެގެން ދިޔަ ނަމަވެސް އެމައުލޫމާތު ފިޝަރީޒް މިނިސްޓްރީއަށް ލިބުނީ ލިބުނީ ޖަނަވަރީ މަހުގެ18 ވަނަ ދުވަހު ކަމަށް އެމިސްޓްރީން ވިދާޅުވެއްޖެއެވެ.

"މަސްވެރިން.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފިޔޯރީ ބޮއެ ކަނޑައިގެން ދިޔަ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ބޮއެ އަލުން އެޅުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ. ބޮއެ އެޅުމަށް މިނިސްޓްރީގެ ޓީމް މިމަހުގެ10 ވަނަ ދުވަހު ފުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ފަރެސްމާތޮޑާ އާއި ފިޔޯރީ އަދި ރަތަފަންދޫގެ އިތުރުން ވާދޫގެ މަސްވެރިން ވެސް އެންމެ އާއްމުކޮށް ބޭނުން ކުރަމުން އައި ބޮއެ ކަނޑައިގެން ގޮސްފައި އޮތުމުން އެރަށްތަކުގެ މަސްވެރިން މިހާރު މަސްވެރިކަން ކުރަން ދަތުރު ކުރަން ޖެހެނީ ދުރު ސަރަހައްދުތަކަށެވެ. އެކަމުގެ ސަބަބުން ޚަރަދު ބޮޑުވެ މަސްވެރިންގެ އާމްދަނީއަށް ވެސް ވަނީ އަސަރު ކޮށްފައެވެ.

ފަރެސްމާތޮޑާގެ މަސްވެރިޔަކު މިނޫހަށް މައުލޫމާތު ދެމުން ބުނީ ގދ.އަތޮޅުގައި އޮންނަ މަސްވެރިކަން އެންމެ ރަނގަޅު އެއްބޮއެ ކަނޑައިގެން ގޮސް ގިނަ ދުވަސްތަކެއް ވުމުން އެސަރަހައްދާއި އަދި މުޅި އަތޮޅުގެ މަސްވެރިންނަށް ވެސް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

"މިއީ ހަތަރު ރަށަށް ބެލި ނަމަވެސް ގާތްގަނޑަކަށް300 ވަރަކަށް މަސްވެރިންގެ އާމްދަނީ އާއި ގުޅިފައި އޮތް ބޮއެއް. އެ300 މަސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ އާމްދަނީ މިއީ. މަސްވެރިކަން ވެސް ދަށް، މަސް ކިރައިގެން ލިބޭ އާމްދަނީ ވެސް މަދު އަދި ތެލުގެ އަގު ބޮޑު ދުވަސްވަރެއްގައި ބޮއެ ކަނޑައިގެން ގޮސް ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް." އޭނާ ބުންޏެވެ.

އިތުރު މަސްވެރިޔަކު ބުނީ މަސް ބޮއެ ކަނޑައިގެން ދިޔަތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު އެކަމުގެ ސަބަބުން މަސް ބާނަން ކުރަން ޖެހޭ ދަތުރު ދިގުވެ، ލިބޭ އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!