މަސްވެރިކަމާއި ގުޅޭ

breaking

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރު ބޯޓެއް އަތުލައިގެންފި

އައްޑޫ އަތޮޅާއި ދިމާ ބޭރުން ދާއަޅައިގެން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް މަސްވެރިންނަށް ފެނިގެން އެމްއެންޑީއެފް ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތުދޭ ގޮތުގައި މި މަސް ބޯޓު ފެނިގެން އޭގެ މައުލޫމާތު ފޯރުކޮށްދީފާއިވަނީ މިއަދު މެންދުރު 14:27 ގައި ސ. މަރަދޫ "ރަސްކުރި" ދޯނިންނެނެވެ. އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންއިދަނީ އެ ސަރައްދުގައި ހަރަކާތްތެރިވަމުންނެވެ. މި ބޯޓު ފެނިފައިވަނީ ސ. ގަމުގެ 15 މޭލު ބޭރުންނެވެ.

ރަސްކުރި ދޯނިން މައުލޫމާތު ދިން ގޮތުގައި އެ ބޯޓު ފެނުނީ މިއަދު 14:00 ހާއިރު ސ. ގަން ބޮއިގެ ބޭރުން 4 ވަރަކަށް މޭލުންނެވެ. އެ ބޯޓު ފެނުނުއިރު ބޯޓު ދިޔައީ ދުއްވަމުން ކަމަށް ދޯނީގެ ފަޅުވެރިއާ ބުންޏަވެ. އަދި ދޯނި ބޯޓާއި ދިމާލަށް ދުއްވާލުމުން، ބޯޓު މަޑުކުރިކަމަށާއި އަދި އިންޖީން ހަލާކުވެގެން މަޑުކުރީ ކަމަށް ބޯޓުގެ ފަޅުވެރިން ބުނިކަމަށް އޭނާ ބުންޏެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ބޭރަށް ދާން ދުއްވާލުމުން، ބޯޓު މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ދުުއްވަން ފެށުމުން ރަސްކުރި ދޯނި ބޯޓުގެ ކުރިއަށް އަރާ މަޑުކުރަން މަސައްކަތްކުރިކަމަށް އޭނާ ބުންޏެވެ. އެވަގުތު ބޯޓު އައިސް ދޯނީގައި ޖެހުނުކަމަށާއި އެހެންނަމަވެސް ބޯޓަށްވެސް އަދި ދޯންޏަށްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތު ދިން ފަޅުވެރިއާ އިތުރަށް ބުނީ ކޯސްޓް ގާޑު ފެނުމުން، އެ ބޯޓުން ކޮންމެވެސް އެއްޗެހިތަކެއް ކަނޑަށް އުކަން ފެއްޓިކަމަށެވެ. އެވަގުތު ދޯނި އޮތީ ބޯޓާއި 300 ވަރަކަށް ފޫޓުގެ ދުރުގައި ކަމަށާއި، ކަނޑަށް އުކާލީ ކަޅުކުލައިގެ އެއްޗެހިތަކެއް ކަމަށް އޭނާ ބުންޏެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!