މަސްވެރިކަމާއި ގުޅޭ

133554824_2822514304686295_5628072690180009476_o

ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ދޯނިފަހަރުގެ އަދަދުވެސް މިނިސްޓްރީއަށް ނޭންގޭ: ހުއިފިލަނޑާ މަސްވެރިން

ދިވެހިރާއްޖޭގައި ހުއިފިލަނޑާ މަސްވެރިކަންކުރާ ދޯނިފަހަރާއި މަސްވެރިންގެ އަދަދު މިނިސްޓަރީއަށް ނޭގޭކަމަށާއި، އެހެންކަމުން ކަނޑުގައި ހުފިލަނޑާ މަދުވާވަރު އެނގޭނީ ކިހިނެތްތޯ ބުނެ ހުއިފި ލަނޑާގެ މަސްވެރިކަންކުރާ މަސްވެރިން ސުވާލު އުފައްދައިފިއެވެ.

ފިޝަރީޒް މިނިސްޓްރީއާ ރާއްޖެ ޓީވީއާ ގުޅިގެން ގެނެސްދޭ "މަސްވެރިންގެ ސައްލާ" ޕްރޮގްރާމް ޚާއްސަކުރީ ހުއިފިލަނޑާ މަސްވެރިކަމަށެވެ. އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން، ލ. ގަމު ހުއިފިލަނޑާގެ މަސްވެރިކަން ކުރާ މަސްވެރިއެއްކަމަށްވާ އާދަމް ސޮލާހު ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން ފުޅިއަޅައިގެން ހުއިފިލަނޑާ ނެގުން މަނާކުރުމަކީ ހުއިފިލަނޑާގެ މަސްވެރިންނަށް ވަރަށް ބޮޑުގެއްލުމެއްކަން އޭނާ ފާހަނގަކުރިއެވެ. އަދި ފުޅިއަޅައިގެން ފީނައިގެން ލަނޑާނަގަނީ، "ފްރީޑައިވް" ކޮށްގެން ރޭގަނޑު ފީނުމުގެ ސަބަބުން ތޮޅީގެ ހަމަލާ އިތުރުވާތީކަމަށް އޭނާވަނީ ފާހަނގަކޮށްފައެވެ.

މިހާރު އަމަލުކުރަމުންދާ ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރާ ޕްލޭންގައި ވައި ފުޅިއަޅައިގެން ޑައިވިންގ ކޮށްގެން ހުއިފިލަނޑާނެގުން މަނާކުރެވިފައި އޮތުމަކީ މި މަސްވެރިކަން ހަލާކުވެގެން ދާނެކަމެއްކަމަށް ފާހަގަކުރަމުން ސަލާހު ބުނީ މިހާރު ފުޅިއަޅައިގެން ފީނައިގެން ނަގަނީ "ކަރީ" ކަމަށާއި، އެއީ ފުނަށް ފީނައިގެން ނަގާ ލަނޑާގެ ބާވަތެއް ނޫންކަމަށެވެ. އަދި ފުޅިއަޅައިގެން ޑައިވްކޮށްގެން ހުއިފިލަނޑާނެގުމުން އޭގެ އާބާދީ މަދުވެދާނެ ކަމަށް މިނިސްޓްރީއިން ވިދާޅުވާއިރު، 100 ފޫޓުގެ ބޮޑެތި މަސްދޯނިތަކުން ޑައިވިންކޮށްގެން އެން ހިފުން ހުއްދަކަމަށް އޭނާ ފާހަގަކުރިއެވެ.

"ބޮޑެތި 100 ފޫޓުގެ ދޯނިތަށް ފުޅިއަޅައިގެން ޑައިވްގޮށްގެން އެންހިފަނީ. މީވެސް ވިސްނަންޖެހޭ ކަމެއް. އެންވެރިކަންވެސް ހުރޭ. މަސްވެރިކަންވެސް ހުރޭ." ސަލާހު ބުންޏެވެ.

ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމުގެ ގޮތުން ފުޅިއަޅައިގެން ފީނައިގެން ހުއިފިލަނޑާނެގުން މަނާކުރުމުން، އެ މަސައްކަތްކުރުވޭނެ އިތުރުގޮތެއް ނެތްކަމަށް ސަލާހު ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ. އަދި މިނިސްޓްރީއިން ބުނާގޮތަށް ފުޅިއަޅައިގެން ޑައިވްކޮށްގެން ލަނޑާގެ ނެގުމުން ހުއިފިލަނޑާގެ ސްޓޮކަށް ބަދަލު އަންނާނެކަމަށް ގަބޫލުނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ. އެއީ ފުޅިއަޅައިގެން ޑައިވްކޮށްގެން މިހާރުނަގާ ލަނޑާގެ ބާވަތެއްކަމަށްވާ "ކަރީ"ގެ ހާލަތާއި، އޭގެ ހެދިބޮޑުވުމާއި މާހައުލުގެ އެންމެ ފުރިހަމަ މައުލޫމާތު އެގޭނީ މަސްވެރިންނަށް ކަމަށް އޭނޭ ބުންޏެވެ. ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަން ކުރާ އޮޑިފަހަރުގެ އަދަދު މިނިސްޓްރީއަށް ނޭނގޭއިރު ކަނޑުގައި އޮންނަ ލަނޑާގެ މައުލޫމާތު އެނގޭނީ ކިހިނެތްތޯ ސަލާހުވަނީ ސުވާލު އުފައްދާފައެވެ.

"ބައްލަވާ. ފިޝަރީޒް މިނިސްޓްރީއަކަށް ނޭނގޭ ހުއިފިލަނޑާ ކިތައް މަސްދޯނިކަމެއް އޮންނަނީ. އެހެންވެއްޖިއްޔާ ކަނޑުގައޮތް ހުއިފިލަނޑާ އަދި ކިހާ ނޭނގޭނެތޯ؟" ސަލާހު ބުންޏެވެ.

އަވީލާފައި ހުރި ހުއިފިލަނޑާ/ ފޮޓޯ: މަލަކް އިންވެސްޓްމަންޓް ހައި ކުއަލިޓީ ސީކުކަމްބާ

މި ޕްރޮގްރާމްގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ހުއިފިލަނޑާ މަސްވެރިކަން ކުރިއަށްވުރެ ބޮޑަށް ބެލެހެއްޓޭނެ ނިޒާމަކުނުން ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ފުޅިއަޅައިގެން ޑައިވްކޮށްގެން ފީނައިގެން ލަނޑާނެގުމަކީ ވަރަށް ކުރީއްސުރެ އެކަން އޮންނަ ގޮތްކަމަށާއި މިކަމަކީވެސް މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ކަންކަންކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މެނޭޖްމަންޓް ޕްލޭންގެ ބޭނުކަމީ ފުރިހަމަ މައުލޫމާތު ގަވައިދުގެ ތެރެއިންއާވާ ކަހަލަ ނިޒާމެއްގެ ތެރެއަށް ހުއިފިލަނޑާގެ މަސްވެރިކަން ވެއްދުންކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!